އާ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމަށް މާދަމާ އިން ފެށިގެން ހުޅުވާލަން ތައުލީމާބެހޭ ވުޒާރާއިން ނިންމައިފިއެވެ.
ތައުލީމާބެހޭ ވުޒާރާއިން ބުނީ 2025 ވަނަ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމަށް މާދަމާ އިން ފެށިގެން ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
އެ ވުޒާރާއިން ބުނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، އަތޮޅުތެރޭގެ ސްކޫލްތަކުން އެޕްލިކޭޝަން ފޯމު ދޫކުރަން މިހާރު ވަނީ ފަށާފައިވާ ކަމަށެވެ.
މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހަޅާނީ އޮންލައިން ފޯމް މެދުވެރިކޮށެވެ. މި އޮންލައިން ފޯމް ތައުލީމާބެހޭ ވުޒާރާގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.
ވެބްސައިޓް: https://www.moe.gov.mv/dv
އާ ދިރާސީ އަހަރަށް ސަރުކާރު ސްކޫލުތަކުގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 15 ނޮވެންބަރު 2024 އެވެ. ސުންގަޑި ހަމަވުމަށްފަހު އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަންނާނެކަމަށް ތައުލީމާބެހޭ ވުޒާރާ އިން ވަނީ ބުނެފައެވެ.
ތައުލީމާބެހޭ ވުޒާރާއިން ވަނީ، ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ސުންގަނޑިއަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން، ވީހާވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް މިނިސްޓްރީއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!