ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް މިއަދު ބަދަލުތަކެއް ގެންނަވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ރައީސް މުޢިއްޒު ވަޒީރުންގެ މަޖިލީހަށް މިއަދު ބަދަލުތަކެއް ގެންނަވާފައިވާ ކަމަށެވެ.

Ad
rt

ރައީސް ވަނީ ވަޒީރުންގެ މަޖިލީހަށް ތިން ބަދަލެއް ގެއްނަވާފައެވެ. އެ ބަދަލުތަކަކީ،

  • ޚާރިޖީ ވަޒީރު ކަމުގައި ހުންނެވި މޫސާ ޒަމީރު މާލީ ވަޒީރު ކަމަށް ބަދަލުކުރެއްވުން،
  • ސިއްހަތާބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ޚާރިޖީ ވަޒީރުކަމަށް ބަދަލުކުރެއްވުން
  • ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް ސިއްހީ ވުޒާރާގެ ވަޒީރުކަމަށް ޢައްޔަނުކުރެެއްވުން.

މިއަދު މެންދުރުފަހު މިކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މި ވަޒީރުންނަށް ވަނީ ވަޒީރުކަމުގެ ފަތްކޮޅު އަރުވާފައެވެ.

މި ވަޒީރުންނަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ. ހުވައި ކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.