ކެއްސުމަށް ފަރުވާއެއްގެ ގޮތުގައި ދޭ ދިޔާ ބޭހެއް ކަމަށްވާ ''ކޮފްސީ ސިރަޕް''ގެ ރަށްކާތެރިކަން ކަށަވަރުކުރެވެންދެން ރާއްޖޭގައި ވަގުތީގޮތުން ބޭނުންކުރުން މަނާކުރުމަށްފަހު، އަލުން އެ ބޭސް އެތެރެކޮށް ވިއްކުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ދީފިއެވެ.
އެމްއެފްޑީއޭ އިން މި ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރީ ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންގެންދިޔަ ''ކޮފްސީ ސިރަޕް 100 އެމްއެލް''ގެ އޭރު ހުރި ބެޗްގައި ކުނޑިކޮޅުތަކެއް ހުންނަކަން ފާހަގަކުރެވިގެން ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލަންޖެހޭ ކަންކަން ބެލުމަށް 19 އޯގަސްޓް 2024 ގައެވެ.
އެއަށްފަހު އެމްއެފްޑީއޭ އިން މިއަދު ބުނީ އެ ބެޗުގެ ބޭސް ތަހުލީލުކޮށް ރައްކާތެރިކަން މިހާރު ކަށަވަރުކުރެވިފައިވާ ކަމަށެވެ.
ބޭހެއްގެ ރަށްކާތެރިކަން ކަށަވަރުކުރެވެންދެން ބޭނުންކުރުން މަނާކޮށްފި
އެހެންކަމުން ކުރިއެކޭ އެއްގޮތަށް މި ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުން ހުއްދަކޮށްފައިވާކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންނަމަ އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7230021 އަށް ގުޅުމަށް އެ އިދާރާއިން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!