ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އެ ރަށުގައި ބާއްވާ ސޮފްޓް ޓޯއީސް ހަދަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯސް ފެށުމަށް ތާވަލު ކޮށްފައި ވަނީ އަންނަ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހުއެވެ.

Ad
rt

މި ކޯހުން ފުރުސަތު ދިނުމަށް ނިންމާފައި ވަނީ 20 ބައިވެރިންނަށެވެ. ކޯސް ފީއެއްގެ ގޮތުގައި ބައިވެރިއެއްގެ އަތުން 500 (ފަސްސަތޭކަ) ރުފިޔާ ނަގަން ވަނީ ނިންމާފައެވެ.

މި ކޯސް ކުރިއަށް ގެންދަނީ ކުމުންދޫ ކައުންސިލާއި "ދަ ގިފްޓް ބާސްކެޓް މޯލްޑިވްސް" ގުޅިގެންނެވެ. ފަހާފޮށި ފިޔަވާ ދެން ކޯހަށް ބޭނުންވާ ހުރިހާ ސާމާނެއް ފޯރުކޮށްދޭން ނިންމާފައި ވަނީ އިންތިޒާމްކުރާ ފަރާތުންނެވެ.

މި ކޯސް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އަންހެނުން އިގްތިޞާދީ ގޮތުން ބާރުވެރިކުރުވުމާއި މަސައްކަތުގެ ރޮނގުގައި ކަބަލުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމެވެ.

މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު ހުށަހެޅުމަށް އެ ކައުންސިލުން އެދެއެވެ.

ފޯމް: https://forms.office.com/r/3LUaXaKV9U