ޑރ. އަލްތާފް އަދުނާން ކޭއާރުއެޗްގައި އޮޕަރޭޝަން ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށައިފިއެވެ.

މިއީ ފުރަތަމަ ފަހަރަށް ދިވެއްސެއް އޮޕަރޭޝަން ޑޮކްޓަރެއްގެ ގޮތުގައި ކޭއާރުއެޗުގައި ބަލިމީހުން ބަލަން ފެށިފުރަތަމަފަހަރެވެ.

Ad
rt

ޑރ. އަލްތާފް އަދުނާން އިސްމާއިލް ކޭއާރުއެޗްގައި މަސައްކަތް ކުރަން ފަށާފައިވަނީ މިއަދުއެވެ.

ދިވެހި ސަރޖަންއެއް ވަނީ ވަގުތީގޮތުން އެ ހޮސްޕިޓަލުގައި ކުރިން މަސައްކަތް ކުރައްވާފައި ވީނަމަވެސް މިއީ އެ ހޮސްޕިޓަލުގައި ދިވެހި އޮޕަރޭޝަން ޑޮކްޓަރަކު ދާއިމީކޮން މަސައްކަތް ކުރަންފެށި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ޑރ އަލްތާފް މަސަކަތް ކުރެއްވީ އައިޖީއެމްއެޗުގައެވެ. ނަމަވެސް ސްޕެޝަލިސްޓް ވެގެން އައިސް ފުރަތަމަ މަސައްކަތް ކުރައްވަން ފައްޓަވާފައި މިވަނީ ކޭއާރުއެޗްގަ އެވެ. މި ހޮސްޕިޓަލުގައި މިހާރުވެސް ޑރ އަލްތާފުގެ އިތުރުން ބިދޭސީ ދެ އޮޕަރޭޝަން ޑޮކްޓަރުން އަންނަނީ މަސައްކަތް ކުރަމުން ނެވެ.

6528864 ނަމްބަރަށް ގުޅައިގެން އެޕޮއިންޓްމެންޓް ލިބިގެންދާނެކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.