ސައޫދީ އަރަބިއާގެ އަންހެނަކު އޭނާގެ ފިރިމީހާ ނިޔާވުމުން ފިރިމީހާގެ މުސާރަ 30 އަހަރު ވަންދެން ރައްކާ ކުރުމަށްފަހު، ފިރިމީހާގެ ނަންމަތީގައި މިސްކިތެއް ބިނާކޮށްފިއެވެ.
އެ އަންހެން މީހާގެ ދަރިފުޅު މުހައްމަދު އަލް ހަރބީ އޭނާގެ މަންމަގެ ފޮޓޯއެއް ޓްވީޓަރ ގައި ހިއްސާ ކުރިތާ މާގިނަ އިރު ތަކެއް ނުވެ މިވާހަކައިގެ އަޑުވަނީ މުޅި ސޯޝަލް މީޑިއާގައި ގުގުމާލައި، އެތައްބައެއްގެ ތައުރީފް އެ ވަނީ އަންހެންމީހާ އަށް ލިބިފައެވެ.
مواطن ينشر صورة لوالدته داخل مسجد استطاعت بناءه بادخار راتب تقاعد زوجها الذي توفي قبل ٣٠ عامًا، وأهدت ثوابه لزوجها.
.
.#السعودية pic.twitter.com/r9W1IrHlEE— أخبار عاجلة (@News_Brk24) May 29, 2018
މިފޮޓޯއަކީ މުހައްމަދު އަލް ހަރބީގެ މަންމަ އޭނާގެ ބައްޕަ ގެ ހަނދާނުގައި ބިނާކުރި މިސްކިތްތެރޭގައި ހުއްޓިލައިގެން ހުންނަ ފޮޓޯގަނޑެކެވެ.
" އަހަރެންގެ ބައްޕަ ގެ ރިޓައަރމަންޓް މުސާރައިގެ އެންމެ ރުފިޔާއެއްވެސް މަންމަގެ އުފަލަށް ބޭނުމެއް ނުކުރޭ، 30 އަހަރު ވަންދެން ދުވާލަކު ރިޔާލް އެއް ބައްޕަ ގެ ނަންމަތީ މިސްކިތެއް ބިނާކުރުމުގެ ނިޔަތުގަ މަންމަ ރައްކާކުރި ، އަހަރެންގެ ބައްޕަގެ ފުރާނައަށް ރަހުމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާތޯ ދުޢާ ކުރަން، އަހަރެމެން އެނބުރިދިއުން ވަނީ މާތްﷲ ގެ ހަޟްރަތަށް " މުހައްމަދު އަލްހާބީ ވަނީ ބުނެފައެވެ.
ގިނަފަހަރު ފައިސާ އަކީ އެއްވެސް ބޭނުމެއް ނުހިފޭގޮތުގައި ބޭނުންކޮށް ހުސްކޮށްލެވޭ އެއްޗަކަށް ވާއިރު، ފިރިމީހާގެ މުސާރަ ބޭކާރު ކޮށްނުލައި ހެޔޮގޮތުގައި ބޭނުންކޮށް މިއަންހެން މީހާ މިވަނީ މިސާލު ދައްކުވައިދީފައެވެ. ޚާއްސަކޮށް ޒުވާން ޖީލަށް މިވަނީ އެކަކު އަނެކަކަށް އޮންނަންޖެހޭ އިޚްތިރާމް އާޢި ލޯތްބަކީ ކޮބައިކަން ދައްކުވައިދީފައެވެ. އިސްލާމްދީނަކީ މިފަދަ ކަންތައްތަކަށް ބާރު އަޅާ ފުރިހަމަ ދީނެއްކަން މިވަނީ ދައްކުވައިދީފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
މަރުވީމަވެސް ރިޓަޔަމެންޓް ފައިސާ ލިބެނީތާދޯ