ސްޕެނިޝް ލަލީގާއާއި އިޓާލިއަން ސީރިއާ އޭ ދެއްކުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި މީޑިއާ ނެޓުން ބުނެފިއެވެ.
މިއަދު މީޑިއާނެޓުން ބުނީ ސްޕެނިޝް ލަލީގާއާއި އިޓާލިއަން ސެރިއާ އޭ، ގެ މި ސީޒަންގެ (2024/25) މެޗުތައް އައިސް ނެޓްވޯކް މެދުވެރިކޮށް އާންމުންނާއި ހަމައަށް ވީހާވެސް އަވަހަށް ގެނެސްދިނުމަށްޓަކައި ކޮންޓެންޓް ޕްރޮވައިޑަރުންނާއެކު ވަރަށް ކައިރިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ހަފްތާ ބަންދުގައި ޔޫރަޕްގެ ބޮޑެތި ލީގުތަކުގެ ތެރޭގައި ހިމެނޭ އިޓާލިއަން ލީގާއި ސްޕެނިޝް ލީގުގެ އިތުރުން ޕްރިމިއާ ލީގު ވަނީ ފަށާފައެވެ. ނަމަވެސް މި ތިން ލީގުގެ ތެރެއިން މީޑިއާނެޓް މެދުވެރިކޮށް ފެންނަނީ ޕްރިމިއާ ލީގު އެކަންޏެވެ.
ސްޕެނިޝް ލީގުގެ މެޗުތައް ނުފެންނާނީ މީޑިއާނެޓްގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓްތަކަށް ގިނަ ކަސްޓަމަރުން ވަނީ ހިތްހަމަ ނުޖެހިގެން ކޮމެންޓް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!