ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ "ނައިވާދޫ ކައުންސިލް މިނިވަން ވޮލީބޯލް ޓޯނަމަންޓް 2024" ގެ މެންސް ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ޑިކްސީ، އަދި ވިމެންސް ޑިވިޝަންގެ ޗެމްޕިއަންކަން ބާކީ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލް މެޗުތައް ކުޅެފައި ވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ. ވިމެންސް ޑިވިޝަންގެ ފައިންލަ މެޗު އެ ދުވަހު ހަވީރު ކުޅުނުއިރު، މެންސް ޑިވިޝަންގެ ފައިނަލް މެޗު ކުޅެފައި ވަނީ އެ ރެއެވެ.

Ad
rt

މެން ޑިވިޝަންގެ ފައިނަލްގައި ބައްދަލުކޮށްފައި ވަނީ ޑިކްސީއާއި ޗިލް ޝޮޓް އެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ޑިކްސީންނެވެ. އެ ޓީމުން ސެޓްތައް ގެންގޮސްފައި ވަނީ 25/18، 25/26، 25/22 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޑިކްސީގެ އަބްދުﷲ ހަމީދެވެ.

ވިމެންސް ޑިވިޝަންގެ ފައިނަލުގައި ބައްދަލު ކޮށްފައި ވަނީ ބާކީ ސްޕޯޓްސް ކުލަބާއި ޓީމް ހައްވައެވެ. ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ބާކީ ސްޕޯޓްސް ކްލަބެވެ. އެ ޓީމުން ސެޓުތައް ގެންގޮސްފައި ވަނީ 25/17، 25/13، 25/18 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ބާކީ ސްޕޯޓްސްގެ އައިޝަތު އަރީކާއެވެ.

މި މުބާރާތުގެ މެންސް ޑިވިޝަންގައި ހަ ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ޓީމް ޑިކްސީ، ޓީމް ޗިލް ޝޮޓް، ޔުނައިޓެޑް ޖަގަޑާ، ބާކީ ސްޕޯޓްސް ކްލަބް، ޗިލް ޝޮޓް ބްރޯސްގެ އިތުރުން ގިޒަމްބޯއެވެ. ވިމެންސް ޑިވިޝަންގައި ފަސްޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ބާކީ ސްޕޯޓްސް ކްލަބް، ޓީމް ހައްވަ، ޓީމް އާރުބީ، ޓީމް އަޑިމަގުގެ އިތުރުން ޓީމް ކަމަނައެވެ.