އެމްޑީ އާޒިމާއެކު ފެންކުންފުނިން ރައްޔިތުންނަށް ހިނިތުންވުން

IMG_20200111_163132

ރާއްޖޭގެ ފެންކުފުނީގެ މާލިމީ ކަމާއި އާދަމް އާޒިމް ހަވާލުވެލެއްވި ހިސާބުން ފެށިގެން ކުންފުނިވެގެން ދިޔައީ ދިވެހި ރައްޔިތުންގެ އެކުވެރި ފެން ކުންފުންޏަށެވެ. ކުންފުނީގެ ހިންގުމުގެ ނިޒާމް ހަރުދަނާކޮށް، ކުންފުނީގެ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ މަގު އަލިކޮށްދީ، މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއެކު ކާމިޔާބީއަށް ވާސިލްވުމުގެ އަޒުމް އާލާކުރުމަށް ހިންގުނު ތަފާތު ހަރަކާތްތަކާއެކު ފެންކުންފުނިން 2019 ވަނަ އަހަރު ނިންމާލީ ފަހި އަހަރެއްގެ ގޮތުގައެވެ.

"އެކުވެރި އެމްޑަބްލިއުއެސްސީ" ރައްޔިތުންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ އަހަރެއް

ހީވާގި ޓީމަކާއެކު ނުކުންނަވައި އެމްޑީ އާޒިމް ހުސްވި 2019 އަހަރު ވަނީ ކާމިޔާބު އަހަރެއް ކަޑައްތު ކުރައްވާފައެވެ. ރައްޔިތުންނަށް ގެ ހިތްތަކުގެ އަޑިން ފެންކުންފުނި، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަކީ އެރައްޔިތުންގެ އެކުވެރި މިތުރެއް ކަމަށް ބަލައިގަތީ ފެންކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތުންނެވެ. އެމްޑީ އާޒިމްގެ މޭސްތިރިކަމުގެ ދަށުން "އެކުވެރި އެމްޑަބްލިއުއެސްސީ" މި ޝިޔާރުގެ ދަށުން ގެނެވުނު ހެޔޮ ބަދަލުތަކުގެ ނަތީޖާ ދަނީ ފެންނަމުންނެވެ.

އެކުވެރި އެމްޑަބްލިއުއެސްސީގެ 2019 ވަނަ އަހަރުގެ ބައެއް އުސްއަލިތައް

  • 24 ގަޑިއިރުގެ ޚިދުމަތްލިބޭ ކޯލްސެންޓަރެއް ގާއިމްކޮށް، ރައްޔިތުންނަށް ލުއިފަސޭހަކަމަމާއެކު ކޮންމެ ވަގުތަކު ގުޅޭނެ މަގު ފަހިކޮށްދެއްވުން.
  • ގޭގައި ހުރެގެން އެމްޑަބްލިއެސްސީގެ ހިދުމަތްތަކަށް އެދިލެއްވުމުގެ ފުރުސަތު ފަހިކޮށްދީ އޮންލައިން ޕޯޓަލްއެއް ގާއިމްކޮށްދެއްވައި، ކަރުދާސް ނޫން ގޮތެއް ދިވެހިންނަށް ހޯއްދަވައި ދެއްވައި، އާންމުން ހޭލުންތެރި ކުރުމަށް ފުޅާ ކެމްޕޭނުތައް ކުރައްވަން ފެއްޓެވުން.
  • މާލޭގެ އެކި ހިސާބުތަކުން ނަޖިސް އެރުން ކާމިޔާބު ކަމާއެކު ކޮންޓްރޯލް ކޮށް ހައްލު ހޯއްދަވައި ދެއްވުން.
  • މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޒަމާނުއްސުރެ ދަތިވެފައިވާ، ފާޚާނާ ކުރުމުގެ މައްސަލަ ހައްލު ކޮށްދެއްވުމަށް، ފަތުރުވެރިންނަށް ފާޚާނާ ކުރެވޭނެ އިންތިޒާމާއެކު މަސްވެރިންގެ ޕާކުގައި ޓޫރިސްޓް ޓާމިނަލެއް ގާއިމްކޮށް، މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްދެއްވުން.

  • ފެން ބިލުތައް ނުދެއްކި ދަރަނިވެރިވެފައިވާ ފަރާތްތަކަށް ދަރަނިއަދާކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދެއްވުން.
  • ފަންނީ އަދި މަސައްކަތްތެރި ކަމުގެ ދާއިރާއިން މީހުން ތަމްރީން ކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކާއެކު އެއްބަސްވުމެއް ގާއިމު ކުރުން.
  • ދުވާލަކު 3000 ޓަނު ފެން އުފަށްދާ އައު އާރުއޯ ޕްލާންޓެއް ހުޅުމާލެ އޮޕަރޭސަންސް ސެންޓަރިގައި ގާއިމު ކުރުން.
  • ހުޅުމާލޭ ފޭސް 2 ގެ ފެނާއި ނަރުދަމާގެ ނިޒާމް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުން.

  • އދ. ހަންޏާމީދޫގެ ފެނުގެ ޚިދުމަތް ޑިޒައިން ކުރުމައި، އެޚިދުމަތް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީއާއި އެކު ސޮއިކުރުން.
  • ބ. ގޮއިދޫ، ނ. ކުޑަފަރި، ނ. މާޅެންދޫ އަދި ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާގެ މަސައްކަތާއި ހަވާލުވުން.

  • ހުސްވި އަހަރު ރ. ދުވާގަރިގައި ޤާއިމްކޮށްފައިވާ ކުންފުނީގެ ޚިދުމަތް ހަރުދަނާ ކުރުމަށް 800 ކިލޯ ވޯޓުގެ ޖެންސެޓެއް އެރަށަށް ފޮނުއްވުން.
  • ގޯލްޑް 100 ގާލާ 2019 ގެ ރާއްޖެގެ އެންމެ ރަނގަޅު ކުންފުނިތަކުގެ ތެރޭގައި ކުންފުނި ހިމެނުން.

ކާމިޔާބު ހޯއްދެވީ މަސައްކަތްތައް ކައިރިން ބައްލަވައިގެން

ކުންފުނީގެ ޚިދުމަތް އަތޮޅު ތެރެއަށް ފުޅާކުރެއްވުމުގައި ވޭތުވި އަހަރަކީ ކާމިޔާބު އަހަރެކެވެ. އެގޮތުން ކުންފުނީގެ ޚިދުމަތް ދެވެމުންދާ ރަށްތަކަށް އެމްޑީ އާޒިމް ވަޑައިގެން މަސައްކަތް ނުހަނު ކައިރިން ބައްލަވާފައި ވެއެވެ. މިގޮތުން ޅ. ކުރެންދޫއަށާއި، އއ. ރަސްދޫއަށާއި، ނ. މާޅެންދޫ، ނ. ކުޑަފަރި ފަދަ ރަށްރަށް ރަށަށްވަޑައިގެން ކުންފުނީގެ މަސައްކަތްތައް ގާތުން ބައްލަވާފައިވެއެވެ.

މީގެ އިތުރުން ކުންފުނީގެ ހުރިހާދިމާއަކަށް ހުރިހާ ކަމެއް ރަނގަޅުކޮށް ހަރުދަނާ ޚިދުމަތެއް ދިނުމަށް އެމްޑީ ވަނީ ވަރަށްގާތުން މަސައްކަތް ކުރައްވާފައެވެ.

އިޖުތިމާއީ، ޤައުމީ ކަންކަމުގައިވެސް ނަމުނާދެއްކެވި އަހަރެއް

  • 13 ވަނަ ސައުތު އޭސިއަން ގޭމްސްއިން ކާމިޔާބު ހޯދި ޓީމަށް ރާއްޖެ އައުމުން މަރުހަބާ ކިޔުމަށް ކުންފުނިން ބައިވެރިވުން.
  • ދެވަނަ ޤައުމީ ސްކައުޓް ކްރާފްޓް ކޭމްޕް ނިންމުމުގައި އެމްޑީ އާޒިމް ބައިބެރިވެ ވަޑައިގަތުމާއި، އެ ކޭމްޕަށް ބޭނުންވާނޭ ފާޚާނާއާއި ފެންވަރޭނެ އިންތިޒާމް ހަމަޖައްސައި ދެއްވުން.
  • ފައްނު އެކްސްޕޯ 2019 ގައި ބައިވެރިވުން.
  • އޭސިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ގުއާމް ބައްދަލުކުރި މެޗްގައި ދިވެހި ޤައުމީޓީމަށް ހިތްވަރު ދިނުމަށް އެމްޑީއާއި މުވައްޒަފުން ބައިވެރިވުން.

  • 13 ވަނަ މޯލްޑިވްސް މެރަތަން 2019 ގައި ބައިވެރިވުން.

  • އަހަރު ތެރޭގައި މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ބޮޑު ހާދިސާގައި އަސަރުކުރި ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެކަމުގައި އަމަލީގޮތުން އެހީތެރިވުމަށް ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވުން.
  • ސްޓާފް ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ހިންގުން.

2019 ވަނަ އަހަރު ކުންފުނީގެ ފަރާތުން ފަހަގަ ކުރި ބައެއް ދުވަސްތައް

  • ދުނިޔޭގެ ފާޚާނާ ދުވަސް ފާހަގަ ކުރުމަށް " ތަށްޓަށްތަ؟ ތަބަކަށްތަ؟" ހޭލުންތެރި ކުރުމުގެ ކެމްޕެއިން ލޯންޗްކުރުން.
  • ފިރިހެނުންގެ ދުވަސް ފާހަގަ ކުރުން، އެދުވަހު ހެލްތު ކޭމްޕެއް ބޭއްވުމާއި، ޚާއްސަ ކޭކެއްފެޅުމާއި، ކުންފުނީގެ ހީވާގި ފިރިހެން މުވައްޒަފުންނަށް ހިތްވަރު ދިނުން.
  • އެމްޑަބަލިއުއެސްއީ އޯޕަންޑޭ ހަރަކާތް ހިންގުން.
  • ދުނިޔޭގެ ކާބޯ ތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތް ހިންގުން.
  • އިންޓަރނޭޝަނަލް ފްރައިންޑްޝިޕްޑޭ ފާހަގަ ކުރުމުގެ ހަރަކާތްތކުގައި ބައިވެރިވުން.
  • ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރެހުމުގެ މުބާރާތެއް ބެއްވުން.

  • ކުންފުނިގެ 24 އަހަރުގެ ޚިދުމަތް ފާހަގަކޮށް، މުވައްޒަފުންގެ އަގު ވަޒަން ކުރުން.

  • ކުންފުނީގެ ފަރާތުން ރޯޑް ސޭފްޓީ އެވެއަރނަސް ޕްރޮގްރާމްގައި ބައިވެރިވުން.
  • ދުނިޔޭގެ އޯޓިޒަމް އެވެއަރނަސް ވީކް ފާހަގަ ކުރުމުގައި ބައިވެރިވުން.
  • އަންހެނުންގެ ދުވަސްފާހަގަކޮށް ޚާއްސަ ހަރަކާތްތަކެއް ހިންގުން.
  • އިންޓަރ އޮފީސް ހޭންޑް ބޯލް ޓޯރނަމެންޓް، މެންސް ޑިވިޒަންގައި ބައިވެރިވުން.

ކުންފުނީގެ މުވައްޒަފުންނާ އެކު އެމްޑީ އާޒިމް ކާމިޔާބު އަހަރެއް ނިންމަވާލެއްވި އިރު އެމްޑީ އާޒިމްގެ ހުރިހާ ޝުކުރެއް ރައްދުކުރެއްވީ ކުންފުނީގެ މުވައްޒަފުންނަށެވެ. ކުންފުނީގެ ކާމިޔާބުގެ އަސްލަކީ ކުންފުނީގެ ހީވާގި މުވައްޒަފުން ކަމަށް އެމްޑީ އާޒިމް ފާހަގަ ކުރަށްވައެވެ. ފެން ކުންފުނީގެ އެކުވެރި އަހަރެއް ނިންމާލީ އެކުވެރި ކުރުވަމުން ރައްޔިތުންނަށް ލުއިފަސޭހަގޮތްތައް ހޯދައި ދެމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ކޮބައިބާ ޢާޒިމްގެ މޮޅުކަމުން ނުވަތަ ދުރުވިސްނުމެއްގެ ސަބަބުން ރައްޔިތަކަށް ލިބުނު ހިތްހަމަ ޖެހުމަކީ؟ ކޮންކަމެއް ކޮށްގެންބާ އެފަދަ ޝުކުރެއް ދަންނަވަންވީ؟ ފެންބިލުން ބައިރުފިޔާވެސް މަދުކޮށް ދިނީތަ؟ޕްރޮމޯޓް ކުރަން ފޭކް ވާހަކަ ނުލިޔޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި