ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ގުޅުން ބަދަހިކުރަން އިންޑިއާގެ ސަފީރު މުނޫ މަހާވަރާ، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާ އިއްޔެ ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ ޓޫރިޒަމް މިނިސްޓްރީގައެވެ.
Minister @ifaisalofficial held a productive meeting with H.E. Shri Munu Mahawar, HCr of India to the Maldives. Discussed opportunities for enhanced cooperation and explored exciting avenues for future collaborations.@mitdcmv@HCIMaldives pic.twitter.com/u2nuKrZq1U
— Ministry of Tourism (@MoTmv) July 23, 2024
ޓޫރިޒަމް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި އެއްބާރުލުން ދޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، މުސްތަގްބަލްގައި އެހީތެރިވެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ.
އިންޑިއާގެ ސަފީރާ، މިނިސްޓަރު ބައްދަލުކުރެއްވިއިރު، އެ ގައުމުން އަންނަ ފަތުރުވެރިން އިތުރު ކުރުމަށް ހާއްސަ ހަރަކާތްތަކެއް ހިންގަން ވަނީ ފަށައިފައެވެ.
ރާއްޖެއަށް މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާ އިންނެވެ. އެ ގައުމުން އެކަނި ވެސް 200،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއެވެ. އެކަމަކު، މި އަހަރު އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ގޮސް އިންޑިއާ އޮތީ ލިސްޓުގެ ހަ ވަނައިގައެވެ. މި އަހަރުގެ މިހާތަނަށް އިންޑިއާ އިން އައި ފަތުރުވެރިންގެ އަދަދު 70،000 އަށް ވެސް ނާރައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!