Skip to main content
Topic Archive

#އިބްރާހިމް ފައިސަލް

10 Stories filed
ޓޫރިޒަމް މިނިސްޓަރު ފައިސަލް މަގާމުން ވަކިކޮށްފި
Raajje

ޓޫރިޒަމް މިނިސްޓަރު ފައިސަލް މަގާމުން ވަކިކޮށްފި

މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިޞަލް، މަގާމުން ވަކިކުރައްވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޓޫރިޒަމް މިނިސްޓަރު ފައިސަލް މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރުމާއި ގުޅިގެން ރައީސް ވަނީ އެ މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ ހަވާލުކުރައްވާފައެވެ. ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމަށް ޢައްޔަނުކުރަށްވާފައި...

މާޗް މަހުގެ ނިޔަލަށް ހދ.އަތޮޅަށް 4000 އެނދު ގެންނަން މަސައްކަތްކުރަނީ
Thiladhunmathi News

މާޗް މަހުގެ ނިޔަލަށް ހދ.އަތޮޅަށް 4000 އެނދު ގެންނަން މަސައްކަތްކުރަނީ

އަންނަ 2025 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ހދ.އަތޮޅަށް 4000 އެނދު ގެންނައުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން، ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސެން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ އަންނަ އަހަރު މާޗް މަހުގެ ނިޔަލަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ނިމެންވާއިރަށް އެ ސަރަހައްދަށް 4000 އެނދު ގެނައުމުގެ މަސައްކަތ...

ބިޒްނަސް ފޯރަމްގައި ބޮޑުތިލަދުންމަތީގައި ރިސޯޓު ތަރައްޤީކުރުމަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތްކުރެވުނު: ފައިސަލް
Thiladhunmathi News

ބިޒްނަސް ފޯރަމްގައި ބޮޑުތިލަދުންމަތީގައި ރިސޯޓު ތަރައްޤީކުރުމަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތްކުރެވުނު: ފައިސަލް

އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ބޮޑުތިލަދުންމަތީގައި ރިސޯޓު ތަރައްޤީކުރުމަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތްކުރެވިފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ. އިންޑިއާގެ މުމްބާއީގައި އިއްޔެ ވަނީ “އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް” އެއް ބާއްވާފައެވެ. މި ފޯރަމްގައި މުމްބާއީގެ ބޮޑެތި ވިޔަފާރިތަކާއި އިންވެސްޓްމަންޓު ކުންފުނިތަކާއި، އިންޑިއާގެ ބައެއް ފިލްމީތަރިން ވެސް ބައިވެރިވިއެވެ. އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދައުވަތަކަށް އެ ޤައުމަށް ކުރަށްވަމުން...

''ރިސޯޓު މުވައްޒަފުންނަށް ވީ ބޯހިޔާވަހިކަމުގެ ވައުދު ފަސް އަހަރު ނިމޭއިރު ފުއްދޭނެ''
Raajje

''ރިސޯޓު މުވައްޒަފުންނަށް ވީ ބޯހިޔާވަހިކަމުގެ ވައުދު ފަސް އަހަރު ނިމޭއިރު ފުއްދޭނެ''

ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދު، މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ފުއްދިގެންދާނެކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ. ފައިސަލް މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާގެ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ. ފައިސަލް ވިދާޅުވީ، ރިސޯޓު މުވައްޒަފުންނަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންނެވި އ...

ގުޅުން ބަދަހިކުރަން އިންޑިއާ ސަފީރާއި ފައިސަލްގެ ބައްދަލުވުމެއް
Raajje

ގުޅުން ބަދަހިކުރަން އިންޑިއާ ސަފީރާއި ފައިސަލްގެ ބައްދަލުވުމެއް

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ގުޅުން ބަދަހިކުރަން އިންޑިއާގެ ސަފީރު މުނޫ މަހާވަރާ، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާ އިއްޔެ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ ޓޫރިޒަމް މިނިސްޓްރީގައެވެ. Minister @ifaisalofficial held a productive meeting with H.E. Shri Munu Mahawar, HCr of India to the Maldives. Discussed opportunities for enhanced cooperation and explored exciting avenues for future collaborations.@mitdcmv@HCIMaldives […]

މިއަހަރު ޗައިނާއިން އައްޑުއަށް ސީދާ ދަތުރުތައް ފަށަން މަސައްކަތް އެބަކުރަން: ފައިސަލް
Raajje

މިއަހަރު ޗައިނާއިން އައްޑުއަށް ސީދާ ދަތުރުތައް ފަށަން މަސައްކަތް އެބަކުރަން: ފައިސަލް

ޗައިނާގެ އެކި ޕްރޮވިންސްތަކާއި އައްޑޫ ސިޓީއާ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ. ޕީއެންސީ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ މިދިޔަ މެއި މަހު ޗައިނާގައި އޮތް އައިޓީބީ ފެއާގައި ޗައިނާގެ އީސްޓަން އެއާލައިންސްގެ ނައިބު ރައީސްއާ ބައްދަލުކުރައްވައި، އައްޑުއަށް ސީދާ ދަތުރުތައް ފެށުމަށް އެދިވަޑައިގެންނެވި ކަމަށެވެ. “ރައީސް މުއިއްޒުގެ ސަރުކާރާއި ޗައިނާއާއި ދެމެދު މިއޮތީ ވަރަށް...

ފުރަތަމަ ހަ މަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ކުރިމަގުގެ ބިންގާ އެޅިއްޖެ: ފައިސަލް
Raajje

ފުރަތަމަ ހަ މަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ކުރިމަގުގެ ބިންގާ އެޅިއްޖެ: ފައިސަލް

ފުރަތަމަ ހަ މަސް ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިމަގު ބައްޓަންކުރާނެ ގޮތުގެ ބިންގާ އެޅިގެން ގޮސްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާޙީމް ފައިސަލް ވިދާޅުވެއްޖެއެވެ. ފައިސަލް މިހެން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަމަ ހަ މަސްދުވަހުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ލަނޑުދަނޑިއާއި ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ފައިސަލް ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުރިމަގު ބައްޓަނ...

އަމާޒަކީ ނުހެދި ހުރި ރަށްތަކުގެ %50 ރަށްތައް ފަސް އަހަރު ތެރޭ މާކެޓަށް ނެރުން: ފައިސަލް
Raajje

އަމާޒަކީ ނުހެދި ހުރި ރަށްތަކުގެ %50 ރަށްތައް ފަސް އަހަރު ތެރޭ މާކެޓަށް ނެރުން: ފައިސަލް

މި ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ތެރެއިން ނުހެދި ހުރި ރަށްތަކުގެ %50 ރަށްތައް މާކެޓަށް ނެރުންކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް މިރޭ ވިދާޅުވެއްޖެއެވެ. ވަޒީރު ފައިސަލް މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ރޭ ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރުގެ ވާހަކާގައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭން ބޭރުގެ ޤައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި ކުރައްވާ މަސައްކަ...

ރައްޔިތުން މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ސަރުކާރަށް ދޭނެ، އޭރުން އިންވެސްޓަރުންގެ އިތުބާރު ބޮޑުވާނެ: ފައިސަލް
Raajje

ރައްޔިތުން މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ސަރުކާރަށް ދޭނެ، އޭރުން އިންވެސްޓަރުންގެ އިތުބާރު ބޮޑުވާނެ: ފައިސަލް

ދިވެހި ރައްޔިތުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ސަރުކާރަށް ދޭނެ ކަމަށާއި، އޭރުން ރާއްޖެއާ މެދު އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ އިތުރު އިންވެސްޓްމަންޓްތައް ލިބޭނެކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް މިރޭ ވިދާޅުވެއްޖެއެވެ. ވަޒީރު ފައިސަލް މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން މިރޭ ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ރާއްޖޭގަައި ފަތުރުވެރިކަން ތަރައްގީކުރަން ދޫކޮށ...

ކްރޫޒްލައިނާތަކާގުޅޭ ގަވާއިދު އިސްލާހްކޮށް ދަތިތަކަށް ހައްލު ހޯދައިދޭނަން: ފައިސަލް
Raajje

ކްރޫޒްލައިނާތަކާގުޅޭ ގަވާއިދު އިސްލާހްކޮށް ދަތިތަކަށް ހައްލު ހޯދައިދޭނަން: ފައިސަލް

ކްރޫޒްލައިނާތަކާގުޅޭގޮތުން ކުރީ ސަރުކާރުން ހެދި ގަވާއިދު އިސްލާހްކޮށް، އެކަމުގައި ދިމާވެފައިވާ ދަތިތަކަށް ވަރަށް އަވަހަށް ހައްލު ހޯދައިދެއްވާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ. ފައިސަލް މިހެން ވިދާޅުވީ، މިދިޔަ ސަރުކާރުން ކްރޫޒްލައިނާތަކާ ގުޅިގެން ހެދި ގަވާއިދާއެކު ރާއްޖެ އަށް އައުމަށް ޕްލޭން ކޮށްފައިވާ ޕެސެންޖަރު ލައިނާތައް މިހާރު އެހެން ގައުމުތަކަށް ޑައިވާޓު ކުރަން ފަށާފައިވާ ކަމަަށް ބުނެ އެ ދާއިރާގެ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ...