ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފާހަގަކުރާ "އެސްއެމްއީ ޑޭ"އަށް ހާއްސަކޮށް މޯލްޑިވްސް ޕޯސްޓުން ހާއްސަ ފޯރަމެއް ބާއްވަން ނިންމައިފިއެވެ.

"އެސްއެމްއީ ޑޭ ފޯރަމް ފޯ އެސްއެމްއީ"ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައެވެ. މި މަހުގެ 25 ވަނަ ދުވަހު ބާއްވަން ރާވާފައިވާ މި ފޯރަމްގައި ރަޖިސްޓްރީވެވޭނީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ޕޯސްޓުން ބުނެއެވެ.

Ad
rt

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ ވިޔަފާރިވެރިންނާއި އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ގެންދާ މި ފޯރަމްގައި ބައިވެރިވުމަށް ފުރިހަމަ ނަމާއި ކޮންޓެކްޓް މައުލޫމާތާއެކު 7632513 އަށް މެސެޖުކޮށްގެން ރަޖިސްޓްރީ ކުރެވޭނެއެވެ.

މި ފޯރަމްގައި މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ކޮށްދެވެން ހުރި ކަންކަން ފާހަގަކޮށް އެ ހިދުމަތްތައް ހޯދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ޕޯސްޓުން ބުނެއެވެ. އަދި މި ފޯރަމުގައި އީޓުކުރި ލޯކަލް ޕްލެޓްފޯމްގެ މައުލޫމާތާއި އެ ޕްލެޓްފޯމުގެ އެހީގައި ވިޔާފާރިތައް ކުރިއަރުވަން ހުރި ފުރުސަތުތަކުގެ މައުލޫމާތުތައް ވެސް ހިއްސާކުރާނެ ކަމަަށް ޕޯސްޓުން ބުނެއެވެ.

މި ފޯރަމުގެ ބައިވެރިންގެ ހުރި ސުވާލުތައް ކުރުމުގެ ފުރުސަތުތަކާއި ހިޔާލައި ޝުއޫރު ފާޅުކުރުމަށް ވެސް ފުރުސަތު ދޭނެއެވެ.

މިއީ، މޯލްޑިވްސް ޕޯސްޓުގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ބާއްވާ ފޯރަމެކެވެ.