ދެމިއޮންނަނިވި އާޚިރަތުގެ މައްޗަށް ތިޔަބައިމީހުން މި ފަނާވެދަނިވި ދުނިޔެއަށް އިސްކަން ދެމުއެވެ. ފަހެ، ތިޔަބައިމީހުން ދުނިޔެއާއިގެން މަޝްޣޫލުވަމުއެވެ. އަދި އާޚިރަތް ހަނދާން ނައްތާލަމުއެވެ.

ދުނިޔެއަށް ވުރެ އާޚިރަތުގެ ހެޔޮކަން ބޮޑުވެފައި، ދެމިއޮތުން ބޮޑުވެގެންވާ ޙާލުގައެވެ. ދުނިޔެއަކީ ފަނާވެދާނޭ ތަނަކަށް ވެފައި، އާޚިރަތަކީ އަބަދަށް ދެމިއޮންނާނެ ތަނަކަށް ވެފައި، ފަނާވާ އެއްޗަކަށްވުރެ ދެމިހުންނަ އެއްޗެއްގެ ހެޔޮކަން ބޮޑުވާނެތީއެވެ.

Ad
rt

ދުނިޔޭގެ ގެތަކާއި، ބިނާތައް ރަނުން ހުރެފައި، އާޚިރަތުގެ ގެތަކާއި ބިނާތައް ލަކުޑިން ހުއްޓަސް އާޚިރަތް މާ ހެޔޮކަން ބޮޑުވެފައި، މާ އަގުބޮޑުވެގެންވެއެވެ. އެތަން އަބަދަށް ދެމިއޮންނާނެތީއެވެ. އަދި ދުނިޔެ ފަނާވެ ނެތިހިނގައިދާނެތީއެވެ. އަދި އަމުދުން ކަން ހުރީ މީގެ އިދިކޮޅަށް ކަމުގައި ވާއިރު ހާލަކީ ކޮބައިހެއްޔެވެ؟ ފަހެ، ސުވަރުގޭގެ ގަނޑުވަރުތައް ވަނީ ރިއްސާއި ރަނުންނެވެ. އަދި އެތަނުގައި ވަނީ މުޅިންވެސް ނިޢުމަތާއި އަމާންކަމެވެ.

ވީއިރު، ހަމަ ބުއްދި ހުރި މީހަކު އާޚިރަތުގެ މައްޗަށް ދުނިޔެ އިސްކުރާނީ ކިހިނަކުން ހެއްޔެވެ؟

ޢަބްދުﷲ ބްނު މަސްޢޫދު ﷺ ﴿بَلْ تُؤْثِرُونَ ٱلْحَيَوٰةَ ٱلدُّنْيَا﴾ މިއާޔަތް ކިޔަވައިވިދާޅުވެފައި އެކަލޭގެފާނުގެ އެކުވެރިންނަށް ވިދާޅުވިއެވެ. އަހަރުމެން އާޚިރަތުގެ މައްޗަށް ދުނިޔެއަށް އިސްކަންދެނީ ކީއްވެގެންކަން ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟

އެބައިމީހުން ބުންޏެވެ. އަހަރުމެންނަށް ނޭނގެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ދުނިޔޭގައި ވާހައި ކެއުމާއި، ބުއިމާއި، އަންހެނުންނާއި، ހިތްއުފާކޮށްދޭ ކަންތަކާއި، އަރާމުލިއްބައިދޭ ކަންކަމާއެކު ދުނިޔެ އަހަރުމެންނަށް އަވަހަށް ދެއްވާފައި، އާޚިރަތް ލޯމަތިން އެއްފަރާތް ކުރައްވައި ލަސްކުރައްވާފައިވާތީ، އަހަރުމެން އަވަހަށް ލިބޭ އެއްޗަށް ލޯބިކޮށް، ލަހުން ލިބޭ އެތި ދޫކޮށްލީއެވެ.

بَلْ تُؤْثِرُونَ ٱلْحَيَوٰةَ ٱلدُّنْيَا ﴿١٦﴾ وَٱلْءَاخِرَةُ خَيْرٌ وَأَبْقَىٰٓ ﴿١٧﴾

އަދި ކިއެއްތަ آخرة ގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވާ حال ވެސް، ތިޔަބައިމީހުން ދުނިޔޭގެ ދިރުއުޅުން އިސްކުރަމުއެވެ. (16-87:17)