ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ ރަސްމީ މަރުކާ އާއި ސިއްކަ ފަރުމާކުރަން ހުޅުވާލައިފިއެވެ.
ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން ހުށަހަޅާ މަރުކާއާއި ލޯގޯތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ފައިސާގެ އިނާމެއްގެ ގޮތުގައި 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް މޮޅަދޫ ކައުންސިލުން ވަނީ ނިންމާފައެވެ.
އެ ކައުންސިލުން ބުނީ ސިއްކަ ފަރުމާކުރުމުގެ ބޭނުމަކީ އެ އިދާރާއިން ބާއްވާ މުބާރާތްތަކާއި، ބައިވެރިވާ ޚަރަކާތްތަކާއި، އެކިއެކި ރަސްމިއްޔާތުތަކާއި، ރަސްމީ ލިޔެކިޔުންތަކާއި، ސޯޝަލް މިޑިއާ، އަދި ރަސްމީ އެންމެހައި ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބޭނުން ކުރާނެ ސިއްކައެއް އޮތުން ކަމަށެވެ.
މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުގެ 11:00 ގެ ކުރިން އީމެއިލް މެދުވެރުކޮށް ޕްރޮޕޯސަލް ހުށަހެޅުމަށް އެ ކައުންސިލުން އެދެއެވެ.
މެއިލް އެޑްރެސް: procurement@molhadhoo.gov.mv
މައުލޫމާތު ޝީޓް: https://storage.googleapis.com/gazette.gov.mv/docs/iulaan/186352.pdf
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!