ތިލަދުންމަތީ އުތުރުބުރީ ބާރަށު ބޭރުގައި ވެސް ވަދު ކަނދުފައްޗެއް އަޅައިފިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ކަނދުފަތި ހަރުކުރުމަށް ސަރުކާރުން މިހާރު ފަށާފައިވާ ޕްރޮޖެކްޓްގެ ދަށުން މި މަހުގެ 6 ވަނަ ދުވަހު ރ.އުނގޫފާރުގެ އިރުން 6 މޭލު ބޭރުގައި ވަނީ ވަދު ކަނދުފައްޗެއް އަޅާފައެވެ.
މީގެ އިތުރުން މި މަހުގެ 8 ވަނަ ދުވަހު ކުޅުދުއްފުށީގެ އިރުން 3.9 މޭލު ބޭރުގައި ވެސް ވަނީ ވަދު ކަނދުފައްޗެއް އަޅާފައެވެ. އަދި މި މަހުގެ 5 ވަނަ ދުވަހު ޅ.ފާދޫގެ އިރުއުތުރުން 10.25 މޭލު ބޭރުގައި ދޮށީ ކަނދުފައްޗެއް ވެސް ވަނީ އަޅާފައެވެ.
ހއ.ބާރަށު އިރުން 6 މޭލު ބޭރުގައި ޒުވާން މަސްވެރިން އެދުނު ގޮތައް ރައީސް ޑރ @MMuizzu މިއަދު ސްޕޯޓްސް ފިޝިންގ މަސްކަނދުފަތި ގާއިމްކޮށް ދެއްވައިފި.ރައީސް ޑރ މުޢިއްޒަކީ ހަޤީޤީ މާނާގައި މިސިނާއަތް ކުރިއަރުވަން މަސައްކަތްޕުޅު ކުރައްވާ ވެރިއެއް.
ޝުކުރިއްޔާ ރައީސް👏🏻👏🏻👏🏻 pic.twitter.com/jnjM5Dmh3y— Ibrahim Shujau (@IbrahimShujaau) July 9, 2024
މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އޯސަން ރިސޯސަސް މޯލްޑިވްސް އިން މިއަދު (9 ޖުލައި 2024) މި ވަނީ ބާރަށުގެ އިރުން 6 މޭލު ބޭރުގައި ވެސް ވަދު ކަނދުފައެއްޗެއް އަޅާފައެވެ.
މިކަން ފާހަގަކުރައްވައި ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒުވާން މަސްވެރިން އެދުނުގޮތަށް ސްޕޯޓްސް ފިޝިން މަސް ކަނދުފަތި ބާރަށު ބޭރުގައި އަޅާފައިވާ ކަމަށެވެ. ރައީސް ޑރ.މުއިއްޒުއަކީ ހަގީގީ މާނާގައި މަސްވެރިކަން ކުރިއަރުވަން މަސައްކަތްކުރައްވާ ބޭފުޅެއްކަން ފާހަގަކޮށް ޝުޖާ ވަނީ ރައީސްއަށް ޝުކުރު އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!