އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހި ނިކަމެތިވެފައިވާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން "ފަލަސްތީނާއެކު ދިވެހިން" ނަމުގައި ކުރިއަށް ގެންދިޔަ ޓެލެތޯނަށް ލިބުނު 19،186،851.5 މިލިއަން ރުފިޔާ ދިވެހި ޚާރިޖީ ވުޒާރާއާއި ހަވާލުކޮށްފިއެވެ.
މި ޓެލެތޯނަކީ ރައީސް ޑރ. ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސްވެ، ބައެއް މީޑިއާތަކާ ގުޅިގެން 13 ޖޫން 2024 ގައި ކުރިއަށް ގެންދިޔަ ޓެލެތޯނެކެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ބުނީ "ފަލަސްތީނާއެކު ދިވެހިން" ޓެލެތޯނަށް ލިބުނު 19،186،851.5 މިލިއަން ރުފިޔާ ދިވެހި ޚާރިޖީ ވުޒާރާއާއި ހަވާލުކޮށްފައިވާ ކަމަށެވެ.
މިކަމަށް އިއްޔެ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، ޕީއެސްއެމްގެ ފަރާތުން މި ފައިސާގެ ރަމްޒީ ޗެކް ހަވާލުކޮށްދެއްވީ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރުއެވެ. ޚާރިޖިއްޔާގެ ފަރާތުން ޗެކާ ހަވާލުވެވަޑައިގެންނެވީ ޚާރިޖީ ވަޒީރު މޫސާ ޒަމީރެވެ.
ޕީއެސްއެމުން ބުނިގޮތުގައި ފަލަސްޠީންގެ ރައްޔިތުންނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޓެލެތޯނަށް ޖުމްލަ 19،186،851.5 ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 18،418،922.24 ދިވެހި ރުފިޔާއާއި 49،800 ޑޮލަރާއި 86 ސެންޓުކަމަށް އެތަނުން ބުނެއެވެ.
ޕީއެސްއެމުން ބުނީ، މިޓެލެތޯނަށް ލިބުނު ފައިސާގެ ތެރެއިން 15،495،613.31 ރުފިޔާއަކީ އޮންލައިން ޓްރާންސެކްޝަންގެ ގޮތުގައި ލިބިފައިވާ ފައިސާ ކަމަށެވެ. އަދި އޮންލައިން ޓްރާންސެކްޝަންގެ ގޮތުގައި 37919 ޑޮލަރުވެސް ލިބުނުކަަމަށް ވެސް ލިބުނުކަމަށެވެ.
މީގެ އިތުރުން އެކި ސަރަހައްދުތަކުގައި ބެހެއްޓި ފަންޑު ފޮށިތަކަށް 1،417،549.93 ރުފިޔާ ލިބިފައިވާއިރު 11،768 ޑޮލަރުވެސް ފަންޑުފޮށިތަކަށް ލިބިފައިވެއެވެ. މީގެ އިތުރުން ޕީއެސްއެމުން ކުރިއަށް ގެންދިޔަ ލައިވް ކަވަރޭޖްގެ ތެރޭގައިވެސް 1،505،759 މިލިޔަން ރުފިޔާއާއި 113 ޑޮލަރު ލިބިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!