ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކ. މާފުށީގައި ޔޫއެސް ޑޮލަރު އޭޓީއެމެއް ބަހައްޓައި މިއަދު ޚިދުމަތް ފަށައިފިއެވެ.
މި އޭޓީއެމުން ފަރުދުންނާއި ވިޔަފާރިތަކަށް ވެސް ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބެއެވެ.
މާފުށީ ގައި ބެހެއްޓި ޑޮލަރު އޭޓީމަކީ ގްރޭޓާ މާލެ އޭރިއާއިން ބޭރުގައި، އަތޮޅެއްގެ ރަށެއްގައި ބެހެއްޓި ފުރަތަމަ އޭޓީއެމްއެވެ.
މާފުށީގައި ބެހެއްޓި ޑޮލަރު އޭޓީއެމްގެ އިތުރުން ދެން ބީއެމްއެލްގެ ޑޮލަރު އޭޓީއެމްތައް ހުންނީ، މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައެވެ.
މާފުއްޓަކީ އަތޮޅުތަކުގެ ރަށްތަކުގެ ތެރެއިން ލޯކަލް ޓޫރިޒަމް އެންމެ ފުޅާވެފައިވާ އެއް ރަށެވެ.
އޭޓީއެމްގެ ޚިދުމަތަކީ ރާއްޖޭގެ ބޮޑެތި އާބާދީ ތަކުން އަދިވެސް އިންތިޒާރު ކުރަމުން އަންނަ ޚިދުމަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!