ހދ.އަތޮޅު ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ބައްދަލުކުރައްވައިފި

SiOW0NAylKgAg6f8R6Va8Ulx0eCwtVNO0tOvBhzG

ހދ. އަތޮޅު ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ އާ ބައްދަލުކުރަށްވައިފިއެވެ

މި ބައްދަލުވުން ބާއްވާފައި ވަނީ އިއްޔެ ރައްޔިތުން މަޖިލިސްކުރާ ގޭގައެވެ.

މި ބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ މެމްބަރުންގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރ މުހައްމަދު ދާއޫދު، އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރ ފަރުހަތު މުހައްމަދު ވަނީ ބައިވެރިވެލައްވާފައެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަބްދުއްސައްތާރު ހަސަން ވިދާޅުވީ، މި ބައްދަލުވުމުގައި ކައުންސިލްތައް ލާމަރުކަޒީ އުސޫލުން ހިންގުމުގައި ދިމާވާ ދަތިތަކާއި، އަދި ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާނޫނަށް ގެންނަންޖެހޭ ބައެއް އިސްލާހުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

ސައްތާރު އިތުރަށް ވިދާޅުވީ މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީއަށް ހަގީގީ ސިޓީއެއްގެ ދަރަޖަ ދިނުމަށްފަހު އަތޮޅުގެ ވެރިކަން ކުރާރަށް އެހެން ރަށަކަށް ބަދަލުކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.

އަތޮޅު ކައުންސިލުން މިހާރު މާލެއަށް ކުރައްވަމުން އަންނަ ދަތުރުގައި މިމަހު ދެވަނަ ދުވަހު ވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއާ ވެސް ބައްދަލު ކުރައްވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި