އިންގްލެންޑުން ބޮސްނިއާ ބަލިކުރިއިރު، ޖަރުމަނު އެއްވަރު

photo_2024-06-04_11-36-15

މި މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި އިންގްލެންޑުން ބޮސްނިއާ ބަލިކުރިއިރު، މުބާރާތް ހޮސްޓްކުރާ ޖަރުމަނާއި ޔުކްރެއިން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

ރޭ އިންގްލެންޑާއި ބޮސްނިއާ ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ އިންގްލެންޑުންނެވެ. މި މެޗުގައި އިންގްލެންޑުން ވަނީ ފުރަތަމަ އެގާރައިން ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައެވެ. އިންގްލެންޑުން ޑޮމިނޭޓްކުރި ނަމަވެސް މެޗުގެ ބޮޑުބައިގައި ބޮސްނިއާއިން ވަނީ ލަނޑެއް ޖެހިޔަނުދީ އެ ޓީމް ހިފަހައްޓާފައެވެ. އިންގްލެންޑްގެ ފުރަތަމަ ލަނޑު 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ކޯލް ޕާމާއެވެ. މިއީ ޕާމާ އިންގްލެންޑް ސީނިއާ ޓީމުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ.

އިންގެލެންޑްގެ ދެވަނަ ލަނޑު 85 ވަނަ މިނެޓުގައި ގްރީލިޝް ތަނަވަސް ކޮށްދިން ފުރުސަތެއްގައި އާނޯލްޑް ޖަހައިދިންއިރު، ތިންވަނަ ލަނޑު މެޗުގެ ފަހު މިނެޓުގައި ޖަހައިދިނީ ކެޕްޓަން ހެރީ ކޭންއެވެ. ކޭން މި މެޗުގައި ކުޅެން ނުކުމެފައި ވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

އަންނަ ހުކުރު ދުވަހު ވެސް އިންގްލެންޑުން ރަހުމަތްތެރިކަމުގެ މެޗެއް ކުޅޭނެއެވެ. ވެމްބްލީ ސްޓޭޑިއަމްގައި އެ ޓީމް ނުކުންނާނީ އައިސްލެންޑާއި ދެކޮޅަށެވެ. ޔޫރޯގައި އިންގްލެންޑް ހިމެނެނީ ގްރޫޕް ސީގައެވެ. ޔޫރޯގައި އިންގްލެންޑްގެ ފުރަތަމަ މެޗުގައި މި މަހު 16 ވަނަ ދުވަހު ނުކުންނާނީ ސާބިއާއާއި ދެކޮޅަށެވެ.

ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން ޖަރުމަނާއި ޔުކްރެއިން ބައްދަލުކުރި އެކުވެރިކަމުގެ މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެ ޓީމް އެއްވަރު ވެގެންނެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަރުމަނު ހިމެނެނީ ގްރޫޕް އޭގައެވެ. މުބާރާތް ހުޅުވާ މެޗުގައި މިމަހު 14 ވަނަ ދުވަހުގެ ރޭ ދަންވަރު ޖަރުމަނު ނުކުންނާނީ ސްކޮޓްލެންޑާއި ދެކޮޅަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި