ކައުންސިލާއި ގުޅިގެން ކެލާގައި، އީދު ކުޅިވަރު ހަރަކާތްތައް ހިންގައިދޭނެ ބަޔަކު ހޯދަނީ

ކެލާގައި މި އަހަރު ކުޑަ އީދު ފާހަގަކުރުމަށް ހިންގި ހަރަކާތެއް (މަލިކު ދަނޑިޖެހުން)، ފޮޓޯ: ކެލާ ކައުންސިލް
ކެލާގައި މި އަހަރު ކުޑަ އީދު ފާހަގަކުރުމަށް ހިންގި ހަރަކާތެއް (މަލިކު ދަނޑިޖެހުން)، ފޮޓޯ: ކެލާ ކައުންސިލް

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލާއި ގުޅިގެން އެ ރަށުގައި އަޟްހާ އީދު ކުޅިވަރުތައް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާން ކޮށްފިއެވެ.

އެ ކައުންސިލުން މި އަހަރު ބޮޑު އީދު ފާހަގަ ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވަނީ އެ ރަށުގެ ކުލަބް ޖަމިއްޔާތަކަށެވެ. އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް އެ ކައުންސިލުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ސަގާފަތް ދިރުވައި އާލާކުރުމާއި އަންނަން އޮތް ޖީލުތަކަށް ދިވެހީންގެ ސަގާފަތް ވާސިލް ކުރުމަށްޓަކައި މި އަހަރު ބޮޑު އީދުގެ ހަރަކާތްތަކުގައި ދިވެހި ސަގާފަތް ދައްކުވައިދޭ ޒަމާނުއްސުރެ އެ ރަށުގައި އީދުގައި ކުޅެއުޅުނު ކުޅިވަރުތަކުގެ ތެރެއިން މައިގަނޑު ފަސް ކުޅިވަރެއް މި އަހަރުގެ ކުޅިވަރުތަކުގެ ތެރޭގައި ވެސް ހިމަނަން ވަނީ ނިންމާފައެވެ.

އެ ކުޅިވަރުތަކަކީ އީދު ހުޅުޖެހުމާއި، މަލިކު ދަނޑި އަދި މާލި ދަނޑި ޖެހުމާއި، އަންހެނުންގެ ދަފިނެގުން ނުވަތަ ކުރުފަލި ދެލިމާލި ކުޅުމުގެ އިތުރުން އީދު ސޯ ބޭއްވުމެވެ.

މިކަމަށް ޕްރޮޕޯސަލް ހުސަހަޅަން ބޭނުންވާ ޖަމިއްޔާތަކުން އަންނަ މެއި މަހުގެ 08 ވަނަ ދުވަހުގެ 13:00 ގެ ކުރިން ކެލާ ކައުންސިލަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި