އިލެކްޝަންސް ކޮމިޝަނުން (އީސީ) ގެ ފަރާތުން ލަންކާގައި ދިރިއުޅޭ ދިވެހިން ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް އަހުލުވެރިކުރުމުގެ ޕްރޮގްރާނެއް ހިންގަން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިސަނުން ބުނީ އެ ޕްރޮގްރާމް ހިންގުމަށް ނިންމާފައިވަނީ މިހިނގާ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ކަމަށެވެ.
2020 January 7 vana dhuvahu, EC ge faraathun, Sri Lanka gai dhiriulhuhvaa Dhivehi raiyyithun nah #LCE2020 Adhi #WDCE2020 inthihaabaa gulhey awareness session eh hingumah ninmmaafai vaathee, Sri Lanka gai dhiri ulhuvva veehaves gina Dhivehi rayyithun mi sessiongai baiveruvun edhen
— Elections Commission (@ElectionsMv) January 4, 2020
އެ ޕްރޮގްރާމްގައި ސްރީލަންކާގައި ދިރިއުޅޭ ވީހާވެސް ގިނަ ދިވެހިން ބައިވެރިވެ ލެއްވުމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) އެދި ލައްވައެވެ.
އިލެކްޝަންސް ކޮމިސަނުން އަންނަނީ ކުރިއަތް އޮތް ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރަން ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 33 ޕަސެންޓް ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ. އެ އިންތިޚާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!