ފަތުރުވެރިކަމާ ބެހޭ ވަޒީރު ޢަލީ ވަޙީދު ވައްކަން ކުރާކަށް ފުރުޞަތެއް ނުދެއްވާނެ ކަމަށް އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
މެންބަރު ޝިފާއު އެހެން ވިދާޅުވީ ކުރައްވާފައިވާ ޓުވީޓެއްގައެވެ. " މިރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާއަތުން ވައްކަން ކުރުން ހުއްޓުވުމަކީ މިނިސްޓަރު ޢަލީ ވަޙީދާއި ލެޑިގަންނަންޖެހޭ ސަބަބެއްނޫން. ޢަލީ ވަޙީދު ވައްކަން ކުރާކަށް ފުރުޞަތެއް ނުދެއްވާނެ. " މެންބަރު ޝިފާއު ވިދާޅުވެފައި ވެއެވެ.
Mi raajeyge fathuruverikamuge sinaa athun vahkan kurun huttuvumakee Minister @ali20waheed aa lediganan jehey sababeh noon. @ali20waheed vahkkan kuraakan futusatheh nudhehvaane.
— MP Mohamed Shifau (@mhshifau) January 4, 2020
ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އާއި ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގައި، ސްޓާފެއްގެ ބޮލަށް 6.50 ޑޮލަރު ދައްކަން މަޖުބޫރު ކުރުވާ ސިޓީއެއް ނުދޭނެކަމަށާއި، އަސްލު މައްސަލައަކީ، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އަދި ލޭބަރ ޕާޓީން އެސިޓީ ހޯދުމަށް ކުރާ މަސައްކަތަށް އިޖާބަނުދެއްވުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވެ ކުރެއްވި ޓުވީޓާ ގުޅިގެންވެސް މެންބަރު ޝިފާއުވަނީ މިނިސްޓަރު ދިފާއުގައި ޓުވީޓު ކުރައްވާފައެވެ.
އެ ޓުވީޓުގައި މިނިސްޓަރު ދިފާއުގައި ކުރައްވައި ޝިފާއު ވިދާޅުވީ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އަށް ދިވެހި ރައްޔިތުން ދައްކަން ޖެހޭނެ އަގެއް ނޯންނާނެ ކަމަށެވެ.
ފަތުރުވެރި ކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ ރައްޔިތުންގެ ހައްްގުތައް މިނިސްޓަރު ޢަލީ ވަހީދު ކަށަވަރު ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލިސްގެ ކަނޑިތީމު ދާއިރާގެ މެންބަރު އަބުދު ﷲ ޝަހީމްވެސް ވަނީ މިނިސްޓަރު ދިފާއުގައި ޓުވީޓު ކުރައްވާފައެވެ.
ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އާއި ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގައި ސަރުކާރަށް ނިސްބަތްވާ ބައެއް އެމްޕީންނާއި، ކޯލިޝަންގެ ބައެއް ވެރިންނާއި، ބައެއް ޖަމްއިއްޔާތަކުންނާއި ސަރުކާރާއި ކޯލީޝަންގެ ބައެއް ސަޕޯޓަރުންދަނީ މީސް މީޑިއާގައި މިނިސްޓަރު ޢަލީ ވަޙީދު ދިފާއު ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!