ށ.މިލަންދޫ ކައުންސިލްގެ ރެކްރިއޭޝަން ކްލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ، ކައުންސިލް ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ވޮލްކޯ ޔުނައިޓެޑުން ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ރޭ ކުޅެފައިވާއިރު، މި މެޗުގައި ބައްދަލު ކޮށްފައި ވަނީ ވޮލްކޯ ޔުނައިޓެޑާއި ސިކްސްޕެކް ސްޕޯޓްސް ކްލަބެވެ. ފައިނަލް މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބުކޮށް ތަށި ހޯދީ ވޮލްކޯއިންނެވެ.

Ad
rt

ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ސޮބާހު މުހައްމަދު އިބްރާހީމް (ސޮބާ) ޝަރަފްވެރި ކޮށްދެއްވި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވޮލްކޯގެ އަހްމަދު ބައްސާމް (ބައްކު)އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

އަބްދުﷲ ޝާފިއު – ސިކްސްޕެކް ސްޕޯޓްސް ކްލަބް

އަހްމަދު ބައްސާމް – ވޮލްކޯ ޔުނައިޓެޑް

އިބްރާހީމް ރިމާހް – އީގަލްސް

ސާމިން މުހައްމަދު – ސިކްސްޕެކް ސްޕޯޓްސް ކްލަބް

ހުސެއިން ޝަރީފް – ވޮލްކޯ ޔުނައިޓެޑް

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ސިކްސްޕެކް ސްޕޯޓްސް ކްލަބެވެ. ފެއާޕްލޭ ކުޅުންތެރިޔާއަށް ހޮވުނީ ސިކްސްޕެކް ސްޕޯޓްސް ކްލަބްގެ މުހައްމަދު އަރީފެވެ. މޯސްޓް ޕްރޮމައިޒިން ޕްލޭއާއަކަށް ހޮވިފައި ވަނީ ތޮޅި އެފްސީގެ އަހްމަދު ޚަލަފްއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވޮލްކޯގެ ކޯޗް އަހްމަދު ޝާތިރެވެ. އެންމެ މޮޅު ގޯލް ކީޕަރަށް ހޮވުނީ ވޮލްކޯގެ އަހްމަދު ހުޝާމްއެވެ. 17 ލަނޑު ޖަހައިގެން މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސިކްސްޕެލްގެ އަބްދުﷲ ޝާފިއުއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ކިންގް އޮފް ދަ ޓޯނަމަންޓް) އަށް ހޮވިފައި ވަނީ ވޮލްކޯގެ ބައްސާމް (ބައްކު)އެވެ.