ހޯރަފުށީ ކައުންސިލުން އެންޓި ކެމްޕެއިންކޮށް، ނުފޫޒު ފޯރުވާ: ޕީޕީއެމް/ޕީއެންސީ

ޕީއެންސީގެ ޗެއާމަން އަދުރޭ އަދި ހޯރަފުށީ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް ޢަލީ މޫސާ، ފޮޓޯ: ޕީއެންސީ
ޕީއެންސީގެ ޗެއާމަން އަދުރޭ އަދި ހޯރަފުށީ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް ޢަލީ މޫސާ، ފޮޓޯ: ޕީއެންސީ

އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ހޯރަފުށި ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓު އަލީ މޫސާ އަށް އެންޓި ކެމްޕެއިންކޮށް، ނުފޫޒު ފޯރުވަމުންދާ ކަމުގައި ޕީޕީއެމް/ޕީއެންސް އިން ބުނެފިއެވެ.

ޕީޕީއެމް/ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަޖިލިހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހޯރަފުީ ކައުންސިލުން ހިންގަމުންދާ ކަންތައްތައް ކުށްވެރި ކުރާ ކަމަށެވެ. އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލުން ކޯލިޝަންގެ ކެންޑިޑޭޓަށް އެންޓި ކެމްޕެއިން ކުރުމުގެ އިތުރުން ހޯރަފުށީގައި ހުރި ކައުންސިލްގެ ހުރިހާ ވަސީލަތެއް ބޭނުން ކުރަމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ.

"އެގޮތުން ކައުންސިލްގެ މުވައްޒަފުން ކެމްޕެއިންގައި ބޭނުންކުރުމާ، ތަނުގައި ހުރި ވެހިކަލްތަކާއި ޕްރިންޓަރާ ކަރުދާހާއި އެހެނިހެން ވަސީލަތްތައްވެސް ބޭނުންކުރަމުން އެބަދެއެވެ." ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައިވެއެވެ.

އެ ދެ ޕާޓީން ބުނި ގޮތުގައި މިވަގުތު ހޯރަފުށީ ކައުންސިލްގެ އަމާޒު ހުރީ ޤާނޫނުން އެކައުންސިލާއި މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށްވުރެ ބޮޑަށް، ރަސްމީގަޑީގައާއި ނުރަސްމީ ގަޑީގައިވެސް އިދިކޮޅު ކެންޑިޑޭޓްގެ ކެޕްމެއިން ކުރުމަށެވެ. އަދި މި އިންތިހާބާ ދިމާކޮށް ކައުންސިލުން ގޯތި ދިނުމާއި މިހާރު ކައުންސިލުން ބިން ދޫކޮށްފައިވާ ފަރާތްތަކުގެ ބިން ބޮޑުކޮށްދޭނެ ކަމަށްވެސް ބުނަމުންދާ ކަމަށާއި މިއީ ކަނޑައެޅިގެން އިންތިހާބުތަކާބެހޭ ގާނޫނާ ވެސް ހިލާފު ކަމެއް ކަމުގައި ދެ ޕާޓީން ބުންޏެވެ.

އެހެންކަމުން ގާނޫނުތަކުގައި ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި ކެމްޕެއިން ކުރުމަށް އެ ކޯލިޝަނުން ވަނީ ގޮވާލައިފައެވެ. އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަ ކަމާބެހޭ މުއައްސަސާތަކުން ބަލާ ތަހުގީގު ކުރުމަށް ވެސް ޕީޕީއެމް/ޕީއެންސީން ގޮވާލިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި