ރައީސް ފާދިއްޕޮޅަށް ފުރާވަޑައިގެންފި

GINNFwyawAE7G2C

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ފާދިއްޕޮޅު (ޅ. އަތޮޅު) އަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައިނ ރައީސްގެ މި ދަތުރުފުޅުގައި ފާދިއްޕޮޅުގެ ތިން ރަށަކަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ.

މިގޮތުން ރައީސް ފުރަތަމަ ވަޑައިގެންފައި ވަނީ ޅ. ކުރެންދޫ އަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެ ރަށްތަކަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އ.ތ.މ. ކޮމިޓީ) ތަކާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ވެރިކަމާއި ހަވާލުވެވަޑައިގެންފަހުން މިހާތަނަށް އެމަނިކުފާނު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ޖުމްލަ 145 ކައުންސިލަކާއި ވަނީ ބައްދަލުކުރައްވާފައެވެ.

މި ފަސްއަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުމަކީ އަމާޒެއްކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް އެންމެފަހުން ވަޑައިގެންފައި ވަނީ ނިލަންދެއަތޮޅު ދެކުނުބުރިއަށާއި، މުލަކަތޮޅު އަދި ފެލިދެއަތޮޅުގެ ބައެއް ރަށްތަކާއި މާލެއަތޮޅު ދެރަށަކަށެވެ. އެ ދަތުރުފުޅު ނިންމަވާލެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *