''ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުފެއްދިދާނެ ކާބޯތަކެތި ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެއްދުން''

ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ހައްދާފައިވާ ދަނޑުވެރިކަމުގެ ބާވަތްތަކަކަށް ފެންދެނީ، ފޮޓޯ: ސާޖިން (ޒުވާން މަސްވެރިޔާ)
ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ހައްދާފައިވާ ދަނޑުވެރިކަމުގެ ބާވަތްތަކަކަށް ފެންދެނީ، ފޮޓޯ: ސާޖިން (ޒުވާން މަސްވެރިޔާ)

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުފެއްދިދާނެ ހުރިހާ ކާބޯތަކެއްޗެއް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް، ރާއްޖޭގައި އުފެއްދުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ، އެމަނިކުފާނު އިއްޔެ ރ. އަދި ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އިއްޔެ ރ. އަތޮޅުގެ ހަތަރު ވަނަ މަންޒިލްގެ ގޮތުގައި އެ އަތޮޅު އިނގުރައިދޫ ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

''ފުޑް ސެކިއުރިޓީ'' ޤާއިމުކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ރައްޔިތުންނާއި ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާއިން މަސައްކަތްކުރާ ރަށްރަށަށް އިސްކަންދެއްވާނެ ކަމަށެވެ.

މިއާއެކު ރާއްޖެއަށް އިންވެސްޓްމަންޓް ގެނެސް، ކުރިއަށް އޮތް ދެތިން އަހަރަށް ކުރާ މަސައްކަތުން ރާއްޖޭގެ ރައްޔިތުންނަށް ފުދޭވަރަށް، ރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެ ގޮތް ޤާއިމުވެގެންދާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވިގޮތުގައި މި ސަރުކާރުން ބޭނުންވަނީ ދިވެހިންނަކީ ހުރިހާ މާނައެއްގައި ފުދުންތެރި، މިނިވަން، އަމިއްލަ ފައިމައްޗަށް ތެދުވެފަތިބި ރައްޔިތަކަށް ހެދުމެވެ.

އެކަން ހާސިލްވާނީ އުމްރާނީ، އިޤްތިޞާދީ، އަދި އިޖުތިމާޢީ ތަރައްޤީގެ ގޮތުން ފުދުންތެރިކަން ހާސިލްކުރެވުމާއެކު، އެހެން ބައެއްގެ އަތް މަތީގައި ޤައުމުގެ ކަންކަން ނިންމަން އޮންނަ އޮތުން ބަދަލު ކުރެވުނު ދުވަހަކުންކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މި ސަރުކާރުން މަސައްކަތްކުރަނީ އެ މަގުން ކަންތައްތައް ގެންދެވުމަށްކަމުގައި ވެސް ވިދާޅުވިއެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *