އީދު ނަމާދުގެ ޖަމާއަތް ފެށޭގަޑި އަވަސްކުރުމާއި މެދު މަޝްވަރާ ކުރަމުން އަންނަ ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިކަން ހާމަކުރައްވާފައި ވަނީ މިއަދު ސޯސަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ފޭސްބުކްގައި ކުރައްވާފައިވާ އެ ޕޯސްޓްގައި ވަނީ "އީދު ނަމާދު ޖަމާއަތް ފެށޭ ގަޑި އަވަސް ކުރުމާއިމެދު މިދަނީ މަޝްވަރާ ކުރަމުން" މިހެންނެވެ.

Ad
rt

ދިވެހި ރާއްޖޭގައި އަޟްހާ އީދުނަމާދާއި ފިތުރު އީދު ނަމާދުވެސް މިހާރު ފަށާ ވަގުތެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަނީ ހެނދުނު 07:30 އެވެ.

އިސްލާމީ ބައެއް ގައުމުތަކު ގައި އިރުއަރާ ގިނަ އިރުތަކެއް ނުވެ އީދު ނަމާދު ފަށައެވެ. މައްކާއާއި މަދީނާގައި އިރުއަރާތާ އިރުކޮޅެއްގެ ފަހުން އީދުގެ ޖަމާއަތް ފަށައެވެ.

ކުރިން ރާއްޖޭގައި އީދުނަމާއު ކުރަމުން އައީ މިސްކިތްތަކުގައެވެ. ސުންނަތާއި އެއްގޮތަށް ބޮޑެތި ހުސް މައިދާން ތަކުގައި ރާއްޖޭގައި އީދު ނަމާދު ކުރަން ފަށާފައިވަނީ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ. އެ ދުވަސްވަރު ރާއްޖޭގެ އިސްލާމިކް މިނިސްޓަރަކަށް ވެސް ހުރީ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެވެ.