ޓެސްޓޯސްޓެރޯން ހިމެނޭ ބޭހެއް ބޭނުން ކޮށްފައިވާކަން ސާބިތުވެ ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު، ޕައުލް ޕޮގްބާ ހަތަރު އަހަރަށް ފުޓްބޯޅައިން ސަސްޕެންޑް ކޮށްފިއެވެ.

އުމުރުން 30 އަހަރުގެ ޕޮގްބާ މަނާ ބޭހަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހު އިޓަލީގައި ހެދި ޓެސްޓްތަކުންނެވެ. އެއަށްފަހު އޭނާ ހުރީ މިދިޔަ ސެޕްޓެމްބަރ މަހުން ފެށިގެން ފުޓްބޯޅައިން އެކަހެރިކޮށްފައެވެ.

Ad
rt

ހަތަރު އަހަރަށް ސަސްޕެންޑް ކުރަން ނިންމުމާއި ގުޅިގެން ޕޮގްބާބުނީ އޭނާ ދިރިއުޅުން ބިނާކުރީ ފުޓްބޯޅައިން ކަމަށާއި، އެކަމުން އެކަހެރިވާން ޖެހުމުން ޝޮކެއް ލިބިފައިވާ ކަމަށެވެ. އަދި އެކަމާއި އޭނާގެ ހިތް ހަލާކުވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ އިތުރަށް ބުނީ އެއްވެސް އިރެއްގައި މަނާބޭހެއް ބޭނުންކުރަން އޭނާ މަސައްކަތް ނުކުރާ ކަމަށާއި، ކާސްގައި މި މައްސަލަ އިސްތިއުނާފްކޮށް ކާމިޔާބު ކުރާނެކަމަށް އޭނާ ވަނީ ބުނެފައެވެ.

ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅެފައިވާ ޕޮގްބާވަނީ ފްރާންސް ޓީމާއިއެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފައެވެ. ފާއިތުވި އަހަރުތަކުގައި ކައިރިކައިރީގައި އޭނާއަށް ކުރިމަތިވި އަނިޔާތަކުގެ ސަބަބުން އޭނާ ގިނަ ދުވަސްތައް ހޭދަކުރީ ކުޅުމާއި ދުރުގައެވެ.