ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް އެ ޕާޓީން މިއަދު ހުޅުވާލައިފިއެވެ.
އެމްޑީޕީން މިއަަދު ބުނީ، އެ ޕާޓީގެ ރައީސްގެ މަޤާމުގެ އިންތިޚާބު 02 މާރޗް 2024 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އެ ޕާޓީގެ ރައީސްގެ މަޤާމަށް ކުރިމަތިލުމަށް އެދޭ މެންބަރުންނަށް އެފުރުޞަތު މިއަދުން ފެށިގެން 20 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން އެމްޑީޕީން ވަނީ އެ ޕާޓީގެ ވަގުތީ ރައީސްގެ ގޮތުގައި ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހް ހަމަޖައްސާފައެވެ.
އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ޢިއުލާން ކުރިއިރު، ކުރީގެ ޚާރިޖީ ވަޒީރު އަބުދުﷲ ޝާހިދު އެ މަޤާމަށް ޝައުޤުވެރިވެ، ނުރަސްމީ މަސައްކަތް ފައްޓަވާފައިވާ ކަމަށް ވަނީ އަޑު ފެތުރިފައެވެ.
ޝާހިދުގެ އިތުރުން އެ ޕާޓީގެ މިހާރުގެ ޗެއާ ޕާސަން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ވެސް އެ މަޤާމަށް ވާދަކުރައްވާނެކަމަށް ބެލެވޭ ކަމަށް އެމްޑީޕީގެ ބައެއް އިސް މެންބަރުން އަންނަނީ ބުނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!