އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ.

އަލީ ޒާހިރު، އަންނަ 20 ވަނަ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަނީ ވ. ފެލިދޫ ދާއިރާއިރާ އަށެވެ. އޭނާ ފޯމު ހުށަހެޅުއްވީ މިނިވަން މެންބަރެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރެއްވުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

Ad
rt

އަލީ ޒާހިރު އެ ދާއިރާއަށް ވާދަކުރައްވާއިރު، އިދިކޮޅު އެމްޑީޕީން ވާދަނުކުރާ ހަތަރު ދާއިރާގެ ތެރޭގައި އެ ދާއިރާ ވެސް ހިމެނެއެވެ.

މައުލޫމާތު ލިބޭގޮތުގައި އެމްޑީޕީގެ ތާއީދު ދޭން ނިންމާފައި ވަނީ އަލީ ޒާހިރަށެވެ.

އަލީ ޒާހިރަކީ އަދާލަތު ޕާޓީގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ، އެ ޕާޓީގެ އިސް މެންބަރެކެވެ.

އަދާލަތުން ވެސް ހަތަރު ދާއިރާ އަކަަށް ވާދަކުރެއެވެ. އެ ދާއިރާ ތަކަކީ، ހދ. ވައިކަރަދޫ، މަކުނުދޫ ދާއިރާ، ށ. ފުނަދޫ ދާއިރާ އަދި ރ. އުނގޫފާރު ދާއިރާއެވެ. މީގެ ތެރެއިން ވައިކަރަދޫ ދާއިރާ އަށް ވާދަކުރައްވަނީ، ހދ. އަތޮޅާއި، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ނައިބު ރައީސްކަން ކުރައްވާފައިވާ ވައިކަރަދޫ އަށް ނިސްބަތްވާ ޙުސައިން ޘަޤީފް (ޘަޤީ) އެވެ.

މަކުނުދޫ ދާއިރާއަށް ވާދަކުރައްވަނީ އަދާލަތުގެ ރައީސް، ކުރީގެ ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން ޢަބްދުالله، )މަލްހާރު، މ.ކޮޅުފުށި) ވާދަކުރައްވާއިރު، ފުނަދޫ ދާއިރާއަށް ވާދަކުރައްވަނީ އިސްމާޢީލް ޙަމީދު (އިތާ ރ-18/04, ހުޅުމާލެ) އަދި އިނގުރައިދޫ ދާއިރާއަށް އިސްމާޢީލް ޢަލީ (ދެކުނުގެ، ރ.އިނގުރައިދޫ) އެވެ.