އަލީ ޒާހިރު ފެލިދޫ ދާއިރާ އަށް ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފި
އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ. އަލީ ޒާހިރު، އަންނަ 20 ވަނަ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަނީ ވ. ފެލިދޫ ދާއިރާއިރާ އަށެވެ. އޭނާ ފޯމު ހުށަހެޅުއްވީ މިނިވަން މެންބަރެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރެއްވުމަށް ކަމަށް މައުލޫމާތު ލިބެއެވެ. އަލީ ޒާހިރު އެ ދާއިރާއަށް ވާދަކުރައްވާއިރު، އިދިކޮޅު އެމްޑީޕީން ވާދަނުކުރާ ހަތަރު ދާއިރާގެ...