އެއްވެސް ކަމެއްގައި އަމިއްލަ މަސްލަހަތު އިސްކޮށް، ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައި ނުވާނެކަމަށާއި، އޭނާ އާއި ގުޅުވައިގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ދެއްކީ ހަގީގަތާއި ޚިލާފް ވާހަކައެއްކަމަށް އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒުގެ މެނިފެސްޓޯ ތާރީޚްތަކަށް ތަންފީޒުކުރުމުގެ މަސައްކަތުގައާއި، އި އިސްލާމީކަންތައްތަކާބެހޭ ވުޒާރާއާއި މަތިކޮށްފައިވާ މަސްޢޫލިއްޔަތައް އަދާކުރެއްވުމުގައި އަވަދިނެތި އުޅުއްވަނިކޮށް އެމްޑީޕީ މެޖޯރިޓީ ކޮންޓްރޯލްކުރާ ރައްޔިތުންގެ މަޖިލީހުން 29 ޖެނުއަރީ 2024 ގައި ވަނީ ޝަހީމަށް ރުހުން ނުދޭން ފާސްކޮށްފައެވެ.

Ad
rt

އެކަމާއި ގުޅުވައިގެން އެމްޑީޕީން ބުނެފައި ވަނީ ޝަހީމަށް ރުހުން ނުދިނީ ކޮރަޕްޝަނާއި އަމިއްލަ މަސްލަހަތު އިސްކުރުމުގެ ތުހުމަތު އޮތުމުން ކަމަށެވެ. ނަމަވެސް އެމްޑީޕީގެ މިވާހަކަ ވަޒީރު ވަނީ ދޮގުކުރައްވާފައެވެ. އަދި އެއީ ހަގީގަތާއި ޚިލާފް ވާކައެއްކަމަށް ވިދާޅުވިއެވެ.

''ކަންކަމުގެ ހަގީގަތްނުބަލާ އަބުރުކަތިލުމަކީ ވަރަށް ނާތަހުޒީބު ޢަމަލެއް، އެއްވެސް ކަމެއްގައި އަމިއްލަ މަސްލަހަތު އިސްކޮށް ކޮރަޕްޝަންގެ ކަމެއް ހިންގާފައެއްނުވާނެ'' ޝަހީމް ވިދާޅުވެފައެވެ.

ޝަހީމްގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކުރިއަސް މަސައްކަތުގެ ނަތީޖާއިން ވަޒީރު ޝަހީމް ވަނީ ރައްޔިތުންގެ އިތުބާރު ހޯއްދަވާފައިވާކަމަށް ގިނަ ބަޔަކު މީސްމީޑިއާގައި ޚިޔާލުފާޅުކުރަމުން ބުނެފަވެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރުކަމަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ 29 ޖެނުއަރީ 2024 ގައި އަލުން ޢައްޔަނުކުރައްވާފައެވެ.