ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް މަގުމަތިން މީހަކު ހަމަލާދީފިއެވެ.
ފުލުހުން މިއަދު ބުނީ، ޕީޖީ ޝަމީމަށް މާލޭގެ މަގެއްގެ މަތިން މީހަކު ހަމަލާދީފައިވާކަމުގެ ރިޕޯޓު އެ އިދާރާ އަށް ލިބިފައިވާ ކަމަށެވެ.
އެ މަލާގައި ލިބުނު އަނިޔާއަށް ޝަމީމަށް މިހާރު އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.
''ހަމަލާދީފައި ވަނީ ތޫނުއެއްޗަކުން ނޫންކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ'' ފުލުހުން ބުނެފަވެއެވެ.
ފުލުހުން އިތުރަށް ބުނިގޮތުގައި އެ އިދާރާއިން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
މި މައްސަލައާއި ގުޅިގެން ޕީޖީ އޮފީހުން ބުނީ، މި ހެނދުނު ހިނގި މި ހާދިސާގައި ޕީޖީ އަށް އަނިޔާވެގެން އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި ޕީޖީ ޝަމީމްގެ ހާލު ރަނގަޅު ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!