ކުއްޔަކީ ސަރުކާރަށް ގަދަބާރުން ކޮންޓްރޯލް ކުރެވޭ އެއްޗެއްނޫން: މެންބަރު ޝިފާއު

Shifau MP

ކުއްޔަކީ ސަރުކާރަށް ގަދަބާރުން ކޮންޓްރޯލް ކުރެވޭ އެއްޗެއްނޫން ކަމަށް އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

މެންބަރު ޝިފާއު އެހެން ވިދާޅުވީ، "މާލެ ސިޓީގެ ގެދޮރުގެ ކުލި ކޮންޓްރޯލް ކުރުމަށް ހުށަހަޅާ ޕެޓިޝަންގައި 258 ސޮއި" މިސުރުޚީ ދަށުގައި ރާއްޖެ.އެމްވީ އިން ގެނެސްދީފައިވާ ޚަބަރެއް ހިމަނުއްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އެ ޓުވީޓުގައި މެންބަރު ޝިފާއު އިތުރަށް ވިދާޅުވީ، ކުލި ކޮންޓްރޯލު ކުރެވޭނީ މާލެއަށް ޖަމާކޮށްފައިވާ ވަސީލަތްތައް މުޅި ރާއްޖެއަށް ފަތުރާލައި، ރައްޔިތުން މާލެއަށް ބަރޯސާވެފައި އޮތް މިންވަރު ދަށްކޮށްގެންކަމަށެވެ.

މިޕެޓިޝަން ހުށަހެޅުމުގެ މަސައްކަތް ފަށާފައި ވަނީ މާލޭގައި ކުލި ދައްކައިގެން އުޅޭ މީހުންގެ ޔޫނިއަން، މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) އިންނެވެ.

މާލެ ސިޓީ ގެދޮރުގެ ކުލި ކޮންޓްރޯލް ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް އެ ޖަމްޢިއްޔާއިން ކުރާ މަސައްކަތިގައި މިހާތަނަށް ވަނީ ޕެޓިޝަނަށް 258 ސޮއި ހޯދާފައެވެ.

ޓެނެންޓްސް ޔުނިއަންއަކީ ކުއްޔަށް ދިރިއުޅެމުން އަންނަ މީހުންނަށް ދިމާވާ އުނދަގޫތައް ހިއްސާކުރުމަށާއި، ކުއްޔަށް ދިރިއުޅޭ މީހުންގެ އަޑަށް ރަސްމީ ސިފައެއް ގެނެސްދިނުމަށް މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު އުފައްދާފައިވާ ޖަމިއްޔާއެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޓެކުސީގެއަގު ސަރުކާރަށް ކޮންޓްރޯލްކުރެވޭ ފެން ކުލި ކޮންޓްރޯލް ނުކުރެވެންވީ ކީއްވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި