ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްތަކެ ބައެއް ދާއިރާތަކަށް ފިރިހެންނުނަށް ކުރިމަތި ނުލެވޭ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
ޤާނޫނު ބާތިލްކޮށް ދިނުން އެދި ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވަނީ މޫސާ އަންވަރެވެ. މޫސާ އަންވަރަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ ފަރާތެކެވެ. މޫސަ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅަން ނިންމީ، މޫސާ އަންވަރު ނިސްބަތްވާ އައްޑޫ ސިޓީގެ ހިތަދޫ 03 (ބޭރުމަތި) ދާއިރާއިން ސިޓީ ކައުންސިލް އިންތިޚާބުގައި ފިރިހެނުންނަށް ވާދަ ނުކުރެވޭނެ ކަމަށް ބުނެ އުފެދުމުގައިވެސް ބާތިލް ޤާނޫނެއްގެ މައްޗަށް އިލެކުޝަން ކޮމިޝަނުން ނިންމި ނިންމުމާއި ގުޅިގެން ކަމަށް މޫސަ ބުނެފައިވެ އެވެ.
މިހާރުވެސް މިދާއިރާގައި ހުރީ އަންހެން ކައުންސިލަރެއް ފިރިހެނުންނާއި ވާދަކޮށްގެން ހޮވިފަ! އެންމެ މުހިންމު އަސާސީ ހައްޤެއް ކަމަށްވާ މިނިވަންކަމާއެކު މަންދޫބުން އިޚްތިޔާރު ކުރުމާއި އިންތިޚާބުގައި ވާދަކުރުމުގެ ހައްޤު މުތުލަޤްކޮށް ގުރުތަކުން ފޭރިގަތުމަކީ ޤާނޫނީ ޖޯކެއް
މޫސަ ބުނެފައިވެއެވެ.
މީގެ އިތުރުން މޫސަ ބުނެފައިވަނީ ވަކި އިންތިޚާބީ ދާއިރާއަކަށް ފިރިހެނުންނަށް ވާދަ ނުކުރެވޭނެއޭ ބުނުމަކީ ޤާނޫނު އަސާސީއަށް އުރެދުން ކަމަށެވެ. ހުރިހާ ރަށެއްގެ ކައުންސިލަށް ވާދަ ކުރުމުގެ ފުރުސަތު އެދާއިރާއެއްގެ ފިރިހެނުންނަށް އޮވެފައި ބައެއް ސިޓީ ކައުންސިލް ހިމެނޭ ދާއިރާ ތަކުގެ ފިރިހެނުންނަށް ވާދަ ނުކުރެވުމަކީ ތަފާތުކުރުން ކަމަށެވެ.

ކުރިން ނޫސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި މޫސާ އަންވަރު ސިޔާސީ ދާއިރާއިން އެންމެ ފުރަތަމަ ފެނުނީ އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގަ އެވެ. އަދި އޭގެ ފަހުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރުމަށް ފަހު، އަދީބުގެ އަރިސް މީހެއްގެ ގޮތުގައި ފަހުން ޕީޕީއެމަށް ވަނީ ބަދަލުވެފަ އެވެ.
މޫސަ ބުނިގޮތުގައި އޭނާއަކީ މިހާރު އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހެއް ނޫނެވެ.
މޫސަ އަކީ އދ. ގެ އިކޮނޮމިކް ކައުންސިލާއި ސޯޝަލް ކައުންސިލާއި ގުޅިފައިވާ ޔުނިވާސަލް ޕީސް ފެޑެރޭޝަން އާއި ޔޫތް ފެޑެރޭޝަން ފޯ ޕީސްގެ ފަރާތުން ދޭ ޔޫތު އެމްބެސެޑަ ފޯ ޕީސްގެ އެވޯޑް ހާސިލުކޮށްފައިވާ ޒުވާނެކެވެ. މީގެ އިތުރުން ގައުމީ ޔުނިވާސިޓީއާ ދެކޮޅު މައްސަލައެއް 2011 ވަނަ އަހަރު ކޯޓުގައި ކާމިޔާބުކުރި އެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 18 ވަނަ މާއްދާގައި ކަނޑައަޅާފައި އޮތް އުސޫލު އުވާލީ ވެސް މޫސަ ކޯޓަށް ގޮސްގެނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!