ލޯކަލް ކައުންސިލްތައް ހާއްސަކޮށްގެން ސަރުކާރުގެ ވަކި ވުޒާރާއެއް އުފެއްދެވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި އެންމެ މުހިންމު ނިންމެވުންކަމަށް ހއ. ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބުދުލްލަތީފް ވިދާޅުވެއްޖެއެވެ.

އަލީ މިހެން ވިދާޅުވީ، ބުދަ ދުވަހުގެ ރޭ މާލޭގެ ދަރުބާރުގޭގައި އޮތް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލޯކަލް ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑް ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad
d

އަލީ ރައީސްކަމުގައި ހުންނެވި ތުރާކުނު ކައުންސިލަށް ވަނީ 2021 ވަނަ އަހަރު، ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްއިން އެންމެ ރަނގަޅު ތިންވަނަ ކައުންސިލްގެ ރަނަހަންމާތި ދަރަޖަލިބި، އެ އަހަރު މުޅި ރާއްޖެއިން ތިންވަނަ ރަށު ކައުންސިލްގެ މަގާމު ލިބިފައެވެ.

މި ރަސްމިއްޔާތުގައި ކައުންސިލްތަކުގެ ފަރާތުން ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ، ވެރިކަމަށްވީ ދުވަސްކޮޅުގެ (އެއްމަހާއި ތިން ދުވަހުގެ) ތެރޭގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފްގެ ފަރާތުން ވަރަށް އުންމީދީ ވާހަކަތަކެއް އިވިގެން ގޮސްފައިވާ ކަމަށެވެ.

ވަޒީރު ވަނީ އެ މުއްދަތުގެ ތެރޭގައި ވަރަށް ގިނަ އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ބައްދަލުކުރައްވައި ހުރި ގޮންޖެހުންތައް އޮޅުން ފިލުވާފައިކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޢަލީ ވިދާޅުވިގޮތުގައި، ކައުންސިލްތަކުގެ އަޑުއިއްވައި، ކައުންސިލްތަކުގެ ފަރާތުން ވަކާލާތު ކުރުމަށް މީގެ ކުރިން ހަގީގީ މާނާގައި ވަޒީރުންގެ މަޖިލީހުގައި ވަކާލާތު ކުރުމަށްޓަކައިި ވުޒާރާއެއް އަދި ކައުންސިލްތަކަށް ހާއްސަ ވަޒީރެއްވެސް ހިމެނިފައެއް ނުވެއެވެ.

''ރައީސް ޑރ. މުޢިއްޒު ވެރިކަމުގައި ނިންމި އެންމެ މުހިންމު ނިންމުމެއް ކަމަށް ޤަބޫލު ކުރަނީ ކައުންސިލްތައް ބާރުވެރިކޮށް މާލީ އެހީތެރިކަން ދިނުމަށްޓަކައި ކެބެނެޓްގައި ރަށު ކައުންސިލްތަކުގެ އަޑު ރައީސްގެ ކަންފަތްޕުޅާއި ހަމައަށް ފޯރުކޮށް ދިނުމަށްޓަކައި ވަޒީރެއް ކަނޑައެޅި ކަނޑައެޅުމަކީ، މި ނިޒާމް ހަރުދަނާ ކުރުމަށްޓަކައި އަދުގެ ރައީސްގެ ހިތްޕުޅުގައި އޮތް ލޯތްބާއި އިހްތިރާމްކަން ގަބޫލުކޮށް ހުރިހާ ކައުންސިލްތަކުގެ ނަމުގައި ޝުކުރު ދަންނަވަން'' އަލީ ވިދާޅުވެފަވެއެވެ.

ތިންވަނަ އަށް އެންމެ ރަނގަޅު ކައުންސިލަކަށް ތުރާކުނު، ކާންނާ އެވޯޑު ނޫމަރާ އަށް

އަލީ ވަނީ، ރައީސް މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓު، ''ހަފުތާ 14'' އިން ވެސް ގިނަ ދުވަސްތަކެއް ވަންދެން ކައުންސިލްތަކުން ކުރަމުންދިޔަ ޝަކުވާއަކަށް ތަސައްލީއެއް ލިބުނު ކަމަށެވެ.

''ކައުންސިލްތަކުގެ އިހްތިސޯސް ކަނޑައެޅުމާއި ގުޅިގެން ރަށު ކައުންސިލެއްގެ އިހްތިސޯސް އަކީ އެރަށެއްގެ އުރަފަށުން ފެށިގެން 700 މީޓަރު ކަމަށް ކަނޑައެޅުމުން، އޭގެ ޒާތުގައި ބައެއް ކައުންސިލްތަކުގެ އިހްތިސޯސްގެ ތެރެއަށް ފަޅާއި، ގިރިފަދަ ތަންތަން ވަދެފައިވޭ، ނަމަވެސް އެފަދަ ތަންތަން ނެތް ބިމުގެ ޖާގަހުރި ކައުންސިލްތަކަށް ރައީސްގެ އެ ނިންމެވުމާއިގުޅިގެން ވަނީ އިތުރު ތަސައްލީއެއްލިބި،'' އަލީ ވިދާޅުވިއެވެ.

Ad
df

އަލީ ވިދާޅުވީ، ރައީސްގެ އެ ނިންމެވުމުގެ ސަބަބުން ކައުންސިލްތައް މާލީ ގޮތުން ބާރުވެރިވެ، ބިން ދަތި ރަށްތަކަށް ބިމުގެ ހައްލު ހޯދުމަށް ވެސް ހައްލުތަކެއް ހޯދޭނެއެވެ.