ތިލަދުންމަތީ އުތުރުބުރި މުރައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ނުވަވަނަ އެމްސީއައި ކިންގް ކަޕް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން މޫނިމާ ކަންމަތިން ހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލް މެޗު މިދިޔަ ހަފްތާގެ ބުދަދުވަހު ކުޅެފައިވާއިރު، ފައިނަލްގައި ބައްދަލުކުރީ މޫނިމާ ކަންމައްޗާއި ނީޑް ފޯ ސްޕީޑް އެވެ. ފައިނަލް މެޗު 3-1 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މޫނިމާ ކަންމަތިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މޫނިމާ ކަންމަތީގެ އައިޝަތު އިބާދާއެވެ.
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން
ސުއޭބަތު ހުސެއިން – މޫނިމާ ކަންމަތި
އައިޝަތު އިބާދާ – މޫނިމާ ކަންމަތި
ފާތިމަތު ސަމާ – ނީޑް ފޯ ސްޕީޑް
ޝަހުމީލާ – ނީޑް ފޯ ސްޕީޑް
ޝިފާނާ – ޓީމް ކަމަނަ
ފާތިމަތު ނުހާ – މޫނިމާ ކަންމަތި
މުބާރާތުގެ މޮޅު ހަ ކުޅުންތެރިން، ފޮޓޯ: ނާސިރު ފޮޓޯ ގްރަފީ
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ މޫނިމާ ކަންމަތީގެ ކޯޗް މުހައްމަދު މުއާޒް އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާއަށް ހައިފްލެއާގެ މިންނާ އަބްދުލް ހަކީމް ހޮވުނުއިރު ފެއާޕްލޭ ޓީމަށް ހޮވުނީ ހައިފްލެއާއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މޫނިމާ ކަންމަތީގެ ސުއެއިބަތު ހުސެއިން އެވެ.
މި މުބާރާތަކީ މުރައިދޫ ކައުންސިލުން ދެ ޖިންސަށް ހުޅުވާލި މުބާރާތެކެވެ. ނަމަވެސް މި މުބާރާތުގައި ބައިވެރިވީ ހަމައެކަނި އަންހެން ޑިވިސަންގެ ހަތަރު ޓީމެވެ. އެ ޓީމްތަކަކީ މޫނިމާ ކަންމަތި، ނީޑް ފޯ ސްޕީޑް، ކަމަނަ އަދި ހައިފްލެއާއެވެ.
މި މުބާރާތުގެ ސްޕޮންސަރުންނަކީ އޭއެސްއޭ މާޓް އަދި ކޮފީ ހަޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!