އުރީދޫ މޯލްޑިވްސްއިން އެޕަލްގެ އެންމެ ފަހުގެ ސްމާޓް ގަޑި - އެޕަލް ވޮޗް ސީރީޒް 9 މޫލީއަށް ތައާރަފްކޮށްފިއެވެ.
ސްމާޓް ގަޑި އަޕްގްރޭޑް ކުރަން ޝައުގުވެރިވާ ކަސްޓަމަރުންނަށް މިހާރު އޮންލައިން މާކެޓްޕްލޭސް މޫލީ މެދުވެރިކޮށް އެޕަލް ވޮޗް ސީރީޒް 9 އަށް އޯޑަރުކުރެވޭނެއެވެ. މޫލީން ވިޔަފާރި ކުރުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.
މޫލީން މި ޑިވައިސްގެ ދެ ސައިޒެއް ލިބެން ހުންނާނެއެވެ. އެއީ 41 މިލިމީޓަރާއި 45 މިލިމީޓަރުގެ ގަޑިއެވެ. 41 މިލިމީޓަރުގެ ގަޑި 8750 ރުފިޔާއަށް ލިބޭއިރު 45 މިލިމީޓަރުގެ ގަޑި 9250 ރުފިޔާއަށް ލިބޭނެއެވެ.
އުރީދޫއިން ބުނީ އެޕަލް ވޮޗް ސީރީޒް 9 ގައި ޒަމާނީ ޓެކްނޮލޮޖީއާއެކު ތަފާތު ފީޗާތަކެއް ހިމެނޭ ކަމަށެވެ. އޭގޮތުން މި ސީރީޒް އަކީ މިހާތަނަށް އެޕަލް އިން ނެރުނު ސްމާޓް ގަޑިތަކުގެ ތެރެއިން އެންމެ ވަރުގަދަ ޗިޕް ހިމެނޭ ގަޑިއަށްވާއިރު، މި ގަޑީގައި ހިމެނޭ ޑަބަލް ޓެޕް ފީޗާ އާއެކު ސްކްރީނުގައި އަތްނުލައި އެޕަލް ވޮޗް ބޭނުންކުރެވެއެވެ.
ކުރީގެ އެޕަލް ވޮޗްތަކާ އަޅާބަލާއިރު ދެގުނަ އަލިގަދަ ޑިސްޕްލޭ އާއި ސިއްހަތާއި ކަސްރަތު ކުރުމަށް ބޭނުންކުރެވޭ ފީޗާތަކަށް ގެނެސްފައިވާ ބަދަލުތަކަކީ ވެސް ފާހަގަކޮށްލެވޭ ބަދަލެކެވެ. މި އައު ފީޗާތަކާއެކު އެޕަލް ވޮޗް ސީރީޒް 9 ގެ ބޭނުންތެރިކަން އިތުރުވެ، ބޭނުންކުރާ ފަރާތްތަކަށް ބޭނުންކުރަން ފަސޭހަ އަދި ފުރިހަމަ ތަޖުރިބާއެއް ލިބިގެންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!