މާލޭ ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ބޮޑެތި އަނިޔާތަކެއް ވެެއްޖެ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވެފައިވަނީ އަންހެނަކާއި ދެ ފިރިހެނުންނަށެވެ. އަނިޔާވި ތިން މީހުންނަށްވެސް ފަރުވާދެމުން އަންނަނީ އަައިޖީއެމްއެޗް ހޮސްޕިޓަލުގަ އެވެ.
އަނިޔާގެ ސަބަބުން ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނީ ހދ. ކުރިނބީ، ދިލްބަހާރުގެ އަލީ ޢުވައިޝް އަށެވެ. އަނެއް ދެމީހުންގެ ވަނަވަރު ސާފެއް ނުވެެެވެ.
Look at this post on Facebook https://www.facebook.com/100000105505450/posts/pfbid0Y5EGzFcS181a5ndNihSaV8hkSRN1reC9Dn9eLMm7GPYm9hHwRLHDMEezvnP8jY9El/?d=n&mibextid=K8Wfd2
މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 23:45 ހާއިރު އެވެ.
މި އެކްސިޑެންޓާއި ގުޅޭ ގޮތުން ފުލުހުންގެ މިއަދު ހެނދުނު ބުނީ ރޭ 23:26 ހާއިރު ވިލާ ކޮލެޖު ކައިރީ ދެ ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓްގައި ދެ ސައިކަލުގައި ތިބި ތިން މީހުންނަށް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށާއި، އެ ތިން މީހުންގެ ހާލު ވެސް ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!