މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ އާރުޓީއެލް އެޕްލިކޭޝަނަށް ޑިޖިޓަލް ވޮލެޓުގެ ފީޗާ އިތުރުކޮށްފިއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އެޕަކީ އެމްޓީސީސީގެ ބަހުގެ ޚިދުމަތާއި ހައި ސްޕީޑް ފެރީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަކޮށްގެން ތައާރަފު ކުރި އެޕެކެވެ.

Ad
rt

މި އެޕަށް އަލަށް ތައާރަފު ކުރީ ޑިޖިޓަލް ވޮލެޓް "އާރުޓީއެލް ވޮލެޓް" ގެ ސަބަބުން ކަސްޓަމަރުންނަށް ކުރީބައިގައި ފައިސާ ޖަމާކޮށްފައި ބެހެއްޓޭނެއެވެ. ޓިކެޓް ނެގުމަށް މި ވޮލެޓަށް ޓޮޕްއަޕްކޮށްފައި ހުންނަ ފައިސާ ބޭނުން ކުރެވޭނެއެވެ. އެގޮތުން، މި ވޮލެޓް ބޭނުންކޮށްގެން "ސްކޭން އެންޑް ރައިޑް" ފީޗަރ ބޭނުން ކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އާރުޓީއެލް ވޮލެޓް އެކްޓިވޭތް ކުރުމަށް އީމެއިލް އެޑްރެހާއި ފޯން ނަންބަރު ވެރިފައި ކުރަން ޖެހޭނެއެވެ. އެއަށްފަހު ކޭޝް ކާޑު ބޭނުންކޮށްގެން ވޮލެޓަށް ފައިސާ ޖަމާކޮށްލެވޭނެއެވެ.

އާރުޓީއެލްގެ ދަށުން ބަހާއި ހައި ސްޕީޑް ފެރީގެ ޚިދުމަތް ދެމުން އަންނައިރު ބަސްތަކުގައި ދާދި ފަހުން ވަނީ ކޮންޓެކްޓްލެސް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭ ގޮތް ހަދައިފައެވެ.