ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ފުލުހުންގެ ޚިދުމަތުުން ޝަރަފުވެރިކަމާއެކު މިއަދު ރިޓަޔާ ކުރައްވައިފިއެވެ.

ސީޕީ ހަމީދު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވީ މިއަދު ފުލުހުންގެ މަރުކަޒު އިސްކަންދަރު ބިލްޑިން ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

Ad
rt

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އެވެ.

މި ރަސްމިއްޔާތުގައި، ސީޕީ ހަމީދަށް ޝަރަފުގެ ހަނދާނީ ފިލާ، ރިޓަޔާމަންޓް ކާޑު އަދި ފުލުހުންގެ ދިދަ އަރުވާފައިވެއެވެ.

ޝަރަފުގެ ހަނދާނީ ފިލައަކީ، ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާ ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަރުވާ ފިލައެކެވެ. މި ހަނދާނީ ފިލާގައި ހިމެނެނީ ކޮމިޝަނަރއަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި، މެޑަލްތައް އަދި ކޮމިޝަނަރ އޮފް ޕޮލިސްގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކުގެ އިތުރުން ފުލުހެއްކަން އަންގައިދޭ ކާޑެވެ.

ސީޕީ ހަމީދު އެ މަގާމަށް ޢައްޔަނުކުރައްވާފައި ވަނީ 26 މާރިޗް 2019 ގައެވެ.

2004 ވަނަ އަހަރުގެ ތެރޭގައި ސިފައިންނާއި ފުލުހުންގެ ހިދުމަތް ވަކިކުރި ފަހުން، ފުލުހުންގެ މުއައްސަސާގެ އިސްވެރިޔާކަން މިހާތަނަށް އެންމެ ގިނަ ދުވަސް ވަންދެން ފުރުއްވި ބޭފުޅަކީ ހަމީދެވެ.

ސީޕީ ހަމީދުގެ ޚިދުމަތް ފާހަގަ ކުރައްވައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.