ގައުމީ އެއާލައިން، މޯލްޑިވިއަންގެ ކަސްޓަމަރުންނަށް ހާއްސަ ރިފަންޑް ޕޯޓަލެއް ތައާރަފު ކޮށްފިއެވެ.

މޯލްޑިވިއަނުން ބުނީ މި ތައާރަފު ކުރެވުނު ޕޯޓަލާއެކު އެ ކުންފުނިން ރީފަންޑަށް އެދޭ ކަސްޓަމަރުންނަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. މިއީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަ ޕޯޓަލެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

Ad
rt

މި ޕޯޓަލް މެދުވެރިކޮށް ރީފަންޑުގެ އިތުރުން ކޮމްޕެންސޭޝަނާއި އެކްސެސް ބޭންކް ޓްރާންސްފާ އަދި އެ ނޫންވެސް ގިނަ ހިދުމަތްތަކަކަށް އެދެވޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މި ޕޯޓަލާއެކު ކަސްޓަމަރުންނަށް ޚިދުމަތަށް އެދުމަށްފަހު ޕްރޮސެސް ކުރިއަށްދާ ގޮތް ވަގުތުން ބަލައިލެވޭނެއެވެ.

މީގރ އިތުރުން މި ޕޯޓަލްގެ ހިދުމަތް ހަފުތާގެ ހަތް ދުވަހު 24 ގަޑިއިރަށް ލިބޭނެ ކަމަށްވެސް މޯލްޑިވިއަނުން ބުންޏެވެ.