އެމަނުކުފާނުގެ ސަރުކާރުވެގެން ދާނީ މިހާތަނަށް އެންމެ ގިނަ އަންހެން ބޭފުޅުން ޓޮޕް މެނޭޖުމަންޓު ތަމްސީލު ކުރާ ސަރުކާރަށް ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޓީވީއެމްއިން މިއަދު ގެނެސްދިން ''ދިވެހިންގެރާއްޖެ'' ޕްރޮގްރާމްގައި ދައުރުވާ ކެބިނެޓްގެ ލިސްޓްތަކާއި ކުންފުނިތަކުގެ ވެރިންގެ ލިސްޓުތަކާއި ގުޅިގެން އުޢިއްޒު ވިދާޅުވީ، އެ ނަންތަކުން 95 އަށްވުރެ ގިނަ ނަން ދިމާވާ ކަމަށެވެ.

Ad
rt

ކެމްޕޭނުގައި ފެށުނީއްސުރެ ނިމިގެން މިއަދާއި ހަމައަށް އައިއިރުވެސް އެމަނިކުފާނު ދައްކާފައި ވާނީ އެއްވާހަކައެއް ކަމަށާއި، އެވާހަކަ ތަކުގައި ތަފާތެއް ނުހުންނާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. އެހެންއެވަނީ އެވާހަކަ ތަކަކީ ހިތުގެ އަޑިން ދައްކާވާހަކަށް ވުމުން ކަމަށް ވެސް ވިދާޅުވިއެވެ.

''ޖަޖުމަންޓް މޭކުކުރުމަކީ އިންތިޚާބުކުރި ރައްޔިތުންގެ އަތްމަތީގައި އޮތްކަމެއް، މި ނުކުންނަނީ ﷲގެ ވާގިފުޅާއެކު ރައްޔިތުންނަށް ޚިދުމަތްކުރަށް، އަޅުގަނޑު ވަރަށް ގިނަ ވާހަކަ ހުންނާނެ ކެމްޕޭންގައި ދައްކާފައި،'' މުޢިއްޒު ވިދާޅުވިއެވެ.

އޭގެ ތެރެއިން އެއްވާހަކަ އަކީ އެމަނިކުފާނު އެކުލަވާލާ ޓީމު ނުވަތަ ސަރުކާރުގެ މަތިފަޑީގައި ތިބޭނީ އެމަނިކުފާނަށް އެބޭފުޅުންގެ މައްޗަށް ފަހުބަސް ބުނެވޭ މީހުންކަމަށް ދެންނެވި ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

''އަޅުގަނޑު ވަކިކަމެއް ކުރަން ބުނީމާ އެ ބޭފުޅަކު އެހެން ބޭފުޅެއްގެ އެޕްރޫވަލް ހޯދަންޖެހޭ ބޭފުޅަކު އަޅުގަނޑު ނުލާނަމޭ ދަންނަވާފަ އޮންނާނީ، އަޅުގަނޑު ރައްޔިތުންނަށްޓަކައި ވީ ވައުދުތައް ރަނުންރަނަށް ފުރިހަމަ ކޮމިކްމެންޓާއެކީ ރެޔާދުވާލު ހޭލާ ހުންނަންޖެހުނަސް ކުރެވޭވަރުގެ ބޭފުޅުންނޭ އަޅުގަނޑު ލާނީ، ރައްޔިތުން ފަޚުރުވެރިވާ ފަދަ ޓީމެކޭ ދެންނެވީ، ތައުލީމީ ގާބިލު ޓީމަކަށް ވާނޭ، އެންމެން އެކީގައި ކުރިއަށްދާން ބޭނުމޭ،'' މުޢިއްޒު ވިދާޅުވިއެވެ.

ައުރުވާ ކެބިނެޓްގެ ލިސްޓްތަކާއި ކުންފުނިތަކުގެ ވެރިންގެ ލިސްޓުތަކުގައިވާ ނަންތައް ގާތްގަނޑަކަށް 90 ޕަސަންޓް ރަނގަޅު ކަމަށާއި، 95 ވެސް ގިނަ ނަންތައް ރަނގަޅުކަމަށް ވެސް ދެންނެވިދާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތައް ހިންގަން ހަވާލުކުރާ ބޭފުޅުން ތެރޭ އަންހެން ބޭފުޅުންނަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި މިހާތަނަށް 6 އަންހެން ބޭފުޅަކު ކުންފުނިތަކުގެ ވެރިންނަށް ލައްވަން ނިންމަވާފައިވާ ކަމަށެވެ.

މުޢިއްޒު ވިދާޅުވީ، ކެބިނެޓްގައި ވެސް އަންހެން ބޭފުޅުން ހިމެނޭކަމަށާއި، ކެބިނެޓާއި ކުންފުނިތަކުގެ ވެރިންނާއެކު އައުސަރުކާރު ވެގެންދާނީ އެންމެ ގިނަ އަންހެން ބޭފުޅުން ޓޮޕް މެނޭޖުމަންޓު ތަމްސީލު ކުރާ ސަރުކާރަށް ކަމަށެވެ. އަދި އެއީ ޔަގީން ކަމެއް ކަމަށެވެ.