ވައްކަމާދެކޮޅަށް ވާހަކަދައްކައި ހާމަކުރަން އެންމެ ބޮޑަށް ފުރުސަތު ލިބިގެންދިޔައީ މި ފަސް އަހަރު ކަމުގައި ރައްޔިތުންގ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ކުރައްވާފައިވާ ޓްވީޓެއްގައެވެ.

Ad
rt

އެ ޓްވީޓުގައި ވިދާޅުވީ ވައްކަން ބަލަންޖެހޭނެ ކަމަށާއި އެއީ މިދައުރު ވިޔަސް، ނިމިދިޔަ ދައުރު ވިޔަސް، އަދި އޭގެ ކުރީ ދައުރަށް ވީނަމަވެސް ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރި ވެފައިވާނަމަ އެކަންކަން ބެލި އަދަބު ލިބެން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ފެންނަން އޮތް ހަގީގަތަކީ މިދައުރަކީ ވައްކަމާއި ދެކޮޅަށް ވާހާކަ ދެއްކުމުގެ ވައްކަންތައް ހާމަކުރުމަށް ސަރުކާރު ނިސްބަތްވާ ޕާޓީގެ މެންބަރުންނަށް ވެސް ލިބުނު ފަސް އަހަރު ކަމަށެވެ. އަދި އާންމުން ރައްޔިތުނަށާއި ނޫސްވެރިންނަށް ވެސް އެންމެ ބޮޑަށް ފުރުސަތު ލިބިގެންދިޔަ ފަސް އަހަރުކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ޔާސިރު އިތުރަށް ވިދާޅުވީ ވައްކަމާއި ދެކޮޅުވާން ޖެހޭނީ ދައުލަތުގެ މަގާމުގައި ނުހުންނަ އިރު، އެކަނި ނޫން ކަމަށެވެ. އަދި ބަލަން ޖެހޭނީ ވަކި މީހަކު، ވަކި ދައުރެއްގައި ކުރާ ވައްކަމެއް ވެސް ނޫން ކަމަށެވެ.

އެގޮތުން ދޮނެއް، ކަޅެއް، ދިގެއް، ކުރެއް، އިއްޔެއެއް، މިއަދެއް، މާދަމާއެއް ނެތް ކަމަށާއި އަބަދު ވެސް ވައްކަމާއި ދެކޮޅު ކަން ޔާސިރުގެ ޓްވީޓުގައި ވަނީ ފާހަގަ ކުރައްވާފައެވެ.