ކުޅުދުއްފުށީ ސިޓީގައި އާރުޓީއެލް ބަހުގެ ޚިދުމަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ދޭން ފަށައިފިއެވެ. ރޭ ބޭއްވި ހަފްލާއެއްގައި އެ ސިޓީގައި ބަހުގެ ޚިދުމަތް ފަށްޓަވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.
އެމްޓީސީސީން ބުނި ގޮތުގައި އާރުޓީއެލްގެ އެހެން ޙިދުމަތާ އެެއްގޮތަށް މި ހިދުމަތް ކުޅުދުއްފުށި ސިޓީގައި ފަށައިގަންނާނީ ޓްރަޔަލް ދަތުރުތަކުންނެވެ. މި ދަތުރުތައް އެއް ހަފުތާގެ މުއްދަތަކަށް ކުރާނީ ހިލެއެވެ.
ޓްރަޔަލް ދަތުރުތައް ބާއްވަނީ އާއްމުންނަށް ބަހުގެ ޚިދުމަތަށާއި، ދަތުރުކުރާ ރޫޓުތަކަށް އަހުލުވެރިކުރުވުމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި އާއްމުންގެ ފަރާތުން ލިބޭ ޚިޔާލަށް ބަލާ ގެންނަންޖެހޭ ބަދަލުތައްވެސް އެމްޓީސީސީން ގެނެއެވެ. އެމްޓީސީސީން،
ކުޅުދުއްފުށި ބަހުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާނީ 22 މީހުންގެ ޖާގައިގެ 2 މިނީ ބަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!