ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ މަންދޫބެއްގެ ގޮތުގައި ހުންނެވި އަލީ ވަހީދު އެ ޕާޓީން ވަކިވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން ވަކިވިކަން ހާމަކޮށް އަލީ ވަހީދު މިރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ނިޝާން މުލީގޭ ޝަރަފްގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް ގާސިމް އިބްރާހީމް އަރިހުގައި މަސައްކަތް ކުރަން ލިބުނު ފުރުޞަތަކީ ނުހަނު އަގުހުރި ތަޖުރިބާއެއް ކަމަށާއި، މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަންނަވާފައިވާ ކަމަށެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ އެ ޕާޓީން ވަކިވިނަމަވެސް ދިވެހި ޤައުމާއި ރައްޔިތުންގެ ސަފުގައި ދެމިހުންނާނެ ކަމަށެވެ.
އަލީ ވަހީދަކީ މިހާރު މިއޮތް އެމްޑީޕީގެ ސަރުކާރުގައި ފުރަތަމަ ޓްއަރިޒަމް މިނިސްޓަރެވެ. އަދި އަލީ ވަހީދު ވަނީ ކުރިން ޖޭޕީގެ ރައީސްގެ މަގާމު ވެސް ފުރުއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!