ނެދަލެންޑްސް އަތުން ބަލިވެ އަޔަލެންޑަށް ފުރުޞަތު ގެއްލިއްޖެ

IMG_0698

ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް ބީގައި ރޭ ނެދަލެންޑްސްއާއި އަޔަލެންޑް ބައްދަލުކުރި މެޗުން އަޔަލެންޑް ބަލިވުމުން އެ ޓީމަށް ކޮލިފައިވުމުގެ ދޮރު ބަންދުވެއްޖެއެވެ.

ރޭ އަމިއްލަ ގައުމުގައި ނެދަލެންޑްސް އަތުން އަޔަލެންޑް ބަލިވީ 2-1 ގެ ނަތީޖާއިންނެވެ.

މި ނަތީޖާއާއިއެކު ނެދަލެންޑްސް މިވަގުތު އޮތީ ގްރޫޕް ބީގެ ދެވަނާގައެވެ. އެ ޓީމަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނާގައި އޮތް ގްރީސްއަށް ފަނީ ފަސް މެޗުން ނުވަ ޕޮއިންޓް ލިބިފައެވެ. ކޮލިފައިންގައި މިހާތަނަށް ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށް ހޯދި ފަނަރަ ޕޮއިންޓާއިއެކު މި ގްރޫޕްގެ އެއްވަނަ ހޯދައި ފްރާންސް މިހާރު ވަނީ ކޮލިފައިވެފައެވެ. މި ގްރޫޕުން މިވަގުތު ނެދަލެންޑްސް އާއި ގްރީސްއަށް ފުރުޞަތު އޮތްއިރު އަޔަލެންޑްސްއާއު ޖިބްރާލްޓާއަށް ވަނީ ކޮލިފައިންގެ ދޮރު އެއްކޮށް ބަންދުވެފައެވެ.

ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ އަޔަލެންޑުންނެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބު ކޮށްދިނީ އާދަމްއެވެ. ނަމަވެސް މެޗުގެ 18 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލަނޑުޖަހައި ނެދަލެންޑްސް އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ގަކްޕޯއެވެ.

މެޗުން ނެދަލެންޑްސް މޮޅުކޮށްދިން ލަނޑު 56 ވަނަ މިނެޓުގައި ޑަމްފްރީސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ވުޓް ވެގްހޯސްޓެވެ. އޭނާ ކުޅެން ނުކުމެފައި ވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

މި ގްރޫޕްގައި ރޭ ގްރީސްއާއި ޖިބްރާލްޓާ ބައްދަލުކުރި މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކުރީ ގްރީސް އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *