އެމެރިކާގެ މޭޖާ ލީގު ސޮކާގައި މިއަދު އިންޓަ މަޔާމީއާއި ލޮސް އެންޖެލެސް ބައްދަލުކުރި މެޗު، މެސީގެ މޮޅު ކުޅުމާއިއެކު މަޔާމީން ކާމިޔާބު ކޮށްފިއެވެ. މަޔާމީން މި މެޗު ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުން ބަލިވި ލޮސް އެންޖެލެސް އިން ވަނީ ގިނަ ހަމަލާތަކެއް މަޔާމީގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. މި ހަމަލާތައް ހުއްޓުވުމުގައި މަޔާމީގެ ކީޕަރު ކަލެންޑެއާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

Ad
rt

މަޔާމީން މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ 14 ވަނަ މިނެޓުގައެވެ. މި ލަނޑު ޖަހައިދިނީ ފަކުންޑޯ ފަރިއަސް އެވެ. ދެވަނަ ލަނޑު 51 ވަނަ މިނެޓުގައި މެސީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޖޯޑީ އަލަބާ ކާމިޔާބު ކޮށްދިންއިރު ތިންވަނަ ލަނޑު މެސީގެ އެހީތެރިކަމާއިއެކު ކާމިޔާބު ކޮށްދިނީ ކަމްޕާނާއެވެ.

މެޗުގައި ލޮސް އެންޖެލެސް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭ އެ ޓީމްގެ ވެލާ ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ހޫލިންޝޭޑްއެވެ.

މި އަހަރުގެ ޖުލައި މަހު މެސީ މަޔާމީއަށް ބަދަލުވެ. މަޔާމީއަށް މެސި ކުޅުނު އެގާރަ މެޗުގައި ވެސް އެ ޓީމް ބަލިވެފައި ނުވެއެވެ. މި އެގާރަ މެޗުގައި މެސީ ވަނީ މަޔާމީއަށް އެގާރަ ލަނޑު ޖަހައިދީ ފަސް ލަނޑު ޖަހަން އެހީތެރިވެދީފައެވެ.