ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހުރިހާ ރައްޔިތުން އަތާއި އަތް ގުޅާލައި ޑރ. މުއިއްޒު އިންތިޚާބު ކުރެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.
އޭނާ މިހެން ގޮވާލެއްވީ ގއ. ވިލިނގިލީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޝަހީމް ވިދާޅުވީ މުއިއްޒަކީ ހުރިހައި ފަންތިއެއްގެ ހުރިހައި ގިންތިއެއްގެ ބޭފުޅުންނާއިއެކުވެސް ކުރިއަށް ދެވޭނެ ގާބިލް ބޭފުޅެއް ކަމަށާއި ރާއްޖޭގެ ޒަޢާމަތުގައި އިންނަންޖެހޭނީ އިލްމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ގާބިލު ބޭފުޅެއް ކަމަށެވެ. އަދި އެއީ މުއިއްޒު ކަމަށް ވެސް ވިދާޅުވިއެވެ.
ގައުމުގެ ހުންގާނާއި ހަވާލުވާ މީހަކީ ތައުލީމެއް ނެތް މީހަކަށްވާނަމަ އެ ގައުމެއްގެ މިސްރާބެއް ނޯންނާނެ ކަމަށާއި އެހެންވެ، ގައުމުގެ ހުންގާނުގައި ހުންނަންވާނީ އިސްލާމީ ތައުލީމާއި އިލްމީ ކަންކަން ލޯހުޅުވިފައިވާ ބޭފުޅެއް ކަަމަށް ވެސް ވިދާޅުވިއެވެ.
މިކަމުގައި ކަނބަލުންނާއި ޒުވާނުންގެ ދައުރުބޮޑުކަން ފާހަގަ ކުރައްވާ ވިދާޅުވީ ސެޕްޓެމްބަރު 9 ގައި ނަގާ ވޯޓަކީ ދިވެހިންގެ މިނިވަންކަމާއި، ދިވެހިންގެ ތަރައްގީއާއި ގުޅިފައި އޮތް ބޮޑު ވޯޓެއް ކަމަށެވެ. އަދި ރައްޔިތުން ނިންމަވާ ގޮތަކުން ގައުމުގެ މިސްރާބު ފަހަތަށް ދިއުމަކީ ދުރު ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!