ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގައިގެން އުޅޭ މަންޒަރުގެ ވީޑިއޯ މީސްމީޑިއާގައި އާންމުވެފައިވާއިރު، މި ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓް ހިނގާފައި ވަނީ ދެ ސައިކަލެއް ޖެހިގެންނެވެ.

Ad
rt

ދެ ސައިކަލް އެކްސިޑެންޓްވެ ވެއްޓިފައިވާ މަންޒަރު ވީޑިއޯއިން ފެންނައިރު އެތަނުން ސައިކަލެއްގައި އިން މީހެއްކަމަށް ބެލެވޭ މީހަކު އެތަނުގައި ވެއްޓިފައި އޮއްވައި ވެސް ވީޑިއޯއިން ފެނެއެވެ. އަދި އިތުރު މީހަކު އެމްބިއުލާންސަށް އަރުވާމަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު މެންދުރު ބާރަ ޖަހަން ކައިރިވެފައި ހުއްޓައި ހުޅުމާލެ ހޮސްޕިޓަލް ސަރައްދުގައެވެ.

މި އެކްސިޑެންޓްގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓާއިގުޅޭ ގޮތުން ފުލުހުން އަދި ރަސްމީ މައުލޫމާތެއް ހާމައެއް ނުކުރަށްވައެވެ.